twitterviber whatsapp telegramfacebookyoutube instagram
3rd August 2026

ކަރިޝްމާއާ ބެހޭގޮތުން ވާހަކަ ދައްކަން ބޭނުމެއް ނޫން: އުޕޭން

Mar 28, 2015

“ބިގް ބޮސް 8” އިން މަޝްހޫރުކަން ހޯދާ މި އަހަރުގެ ކުރީކޮޅު ނޫސްތަކުގެ ސުރުހީތަކުން ޖާގަ ހޯދާފައިވާ އުޕޭން ޕަޓޭލް އާއި ކަރިޝްމާ ތަންނާގެ ލޯބީގެ ވާހަކަތަކާއި ކަރިޝްމާއާ ބެހޭގޮތުން މިހާރު ވާހަކަ ދައްކަން ބޭނުންނުވާ ކަމަށް އުޕޭން ޕަޓޭލް ބުނެފިއެވެ.

ޓީވީގައި އުޕޭން، ކަރިޝްމާއަށް ޕްރޮޕޯސްކޮށްފައިވާއިރު އުޕޭން މިހާރު ބުނަނީ އޭނަގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަ ދައްކަން ބޭނުންނުވާ ކަމަށާއި އެއީ އޭނާ އެހާކުރާ ހިތްވާ ކަމެއް ނޫން ކަމަށެވެ.

އުޕޭން ބުނީ ކަރިޝްމާއަކީ އޭނާގެ ދިރިއުޅުމުގެ އެންމެ މުހިންމު އެކަކު ކަމަށާއި ދެ މީހުންގެ މެދުގައި އެއްވެސް މައްސަލައެއް ނެތް ކަމަށާއި ކަރިޝްމާއަކީ ހަމަ އެއްވަނަ ކަމަށެވެ.

އޭނާ މިހާރު އެންމެ އިސްކަމެއް ދެނީ ކެރިއާއަށް ކަމަށާއި އެގޮތުން މިހާރު ސްކްރިޕްޓްތަކެއް ކިޔަމުންދާ ކަމަށްވެސް އުޕޭން ބުންޏެވެ. އޭނާ ބުނީ މޮޑެލިންނަށްވެސް އިސްކަމެއްދޭ ކަމަށާއި މިހާރު ލިބެމުންދާ ފުރުސަތުތަކާމެދު ހިތްހަމަޖެހޭ ކަމަށެވެ.

މިއީ އޭނާގެ ހަޔާތުގެ އެންމެ ކާމިޔާބު ދުވަސްވަރު ކަމަށާއި ޕްރޮފެޝަނަލް އަދި ޕާސަނަލް ލައިފްވެސް ކާމިޔާބު ކަމަށެވެ.

32 އަހަރުގެ އުޕޭން ބުނެފައިވަނީ އޭނާ އަދި ކައިވެނި ކުރުމަށް ނުވިސްނާ ކަމަށާއި އެއީ ދެ ދުވަހުން ކޮށް ނިންމާލެވޭނެ ކަމެއް ނޫން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355