twitterviber whatsapp telegramfacebookyoutube instagram
7th June 2026

އުރީދޫ އިން “ކޯލް ޓު ޕޭ” ގެ ނަމުގައި ހިދުމަތެއް ތައާރަފް ކޮށްފި

Mar 28, 2015

އުރީދޫ މޯލްޑިވްސްއިން “ކޯލް ޓު ޕޭ”ގެ ނަމުގައި ހިދުމަތެއް ތައާރަފްކޮށްފި އެވެ.

މި ހިދުމަތް ބޭނުންކޮށްގެން 999 އަށް ގުޅުއްވައިގެން ފަސޭހަކަމާއެކު އޮޓޯމެޓިކް ވޮއިސް އިރުސާދުގެ ދަށުން މޯބައިލް ފޯނުގެ ބިލަށް ފައިސާ ދައްކާލެވޭނެ އެވެ. އަދި ބޭންކް އޮފް މޯލްޑްވްސްގެ ކާޑު ބޭނުންކުރައްވައިގެން ޕްރީޕެއިޑް ނަންބަރުތަކަށް ކްރެޑިޓްވެސް ރީޗާރޖް ކުރެވޭނެ ކަމަށް އުރީދޫ އިން މައުލޫމަތު ދެއެވެ.

އުރީދޫގެ މި ހިދުމަތް މިހާރު ކަސްޓަމަރުންނަށް ލިބިވަޑައިގަންނަވާ އިރު މި ހިދުމަތް ހަމައެކަނި ބޭނުން ކުރެވޭނީ ބޭންކް އޮފް މޯލްޑިވްސްގެ ކްރެޑިޓް އަދި ޑެބިޓް ކާރޑް ބޭނުން ކޮށްގެން ކަމަށާއި އެގޮތުން މި ހިދުމަތް ބޭނުން ކޮށްގެން މޯބައިލް ބިލަށް ފައިސާ ދެއްކުމާއި ރީޗާރޖް ކޮންމެ ވަގުތެއްގައި ކުރެވޭނެ ކަމަށްވެސް އުރީދޫ އިން މައުލޫމާތު ދެއެވެ.

އޭގެ އިތުރުން ވެސް އުރީދޫ ބިލް ދެއްކޭނެ އިތުރު ގޮތްތައް ވަނީ ތައާރަޕްކޮށްފަ އެވެ. އޭގެ ތެރެއިން ރާސްޓަސް ބިލްޕޭ، އޮންލައިން މައި.އުރީދޫ.އެމްވީ މެދުވެރިކޮށްގެން އަދި އުރީދޫގެ ހުރިހާ ފިހާރަތަކުގެ އިތުރުން މޯލްޑިވްސް އިންޓަނެޓް ހިދުމަތް ބޭނުންކޮށްގެން ވެސް ބިލަށް ފައިސާ ދެއްކޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355