twitterviber whatsapp telegramfacebookyoutube instagram
15th March 2026

ޓޭލަރ ސުވިފްޓް މި އަހަރުގެ ބިލްބޯރޑް މިއުޒިކް އެވޯޑްސްގެ 8 އެވޯޑް ހޯދައިފި

May 19, 2015

ދުނިޔޭގެ އެންމެ މަޝްހޫރު އެއް ޕޮޕް ސްޓަރ ކަމަށްވާ ޓޭލަރ ސުވިފްޓް މި އަހަރުގެ ބިލްބޯރޑް މިއުޒިކް އެވޯޑްސް އިން 8 އެވޯޑް ހޯދައިފި އެވެ.

ޓޭލަރ ސުވިފްޓް ވަނީ މި އަހަރުގެ ބިލްބޯރޑް މިއުޒިކް އެވޯޑްސްގައި 14 ކެޓެގޮރީއަކުން ނޯމިނޭޓްވެ 8 އެވޯޑް ކާމިޔާބުކޮށްފަ އެވެ.

ޓޭލަރ ސުވިފްޓް ހޯދި އެވޯޑްތަކުގެ ތެރެގައި އަރޓިސްޓް އޮފް ދަ އިއަރ ، ބެސްޓް ފީމޭލް އަރޓިސްޓް އަދި ބެސްޓް ސްޓްރީމިން ސޯންގް އަކަށް “ޝޭކް އިޓް އޮފް” ހިމެނެ އެވެ.

ޓެލަރ ސްވިފްޓް އަށް މި ލިބުނު ކާމިޔާބުގައި އޭނާ ވަނީ ހުރިހާ ފޭންސުންނަށް ވަރަށް ޝުކުރު އަދާކޮށް މިއަހަރުގެ ކާމިޔާބީގެ ފަހަތުގައި އޭނާގެ ފޭންސް ގެ ވަރަށް ބޮޑު ތަރުހީބެއް ވާކަމަށް ހާމަ ކޮށްފަ އެވެ.

ޓޭލަރ ސްވިފްޓް މި އެވޯޑް ނައިޓް ހޭދަކޮށްފައި ވަނީ ޓެލަރގެ އެންމެ ފަހުން ނިކުއިތް ލަވަ “ބޭޑް ބްލަޑް” ގެ ކޯ ސްޓާރުންނާ އެކު އެވެ.

އަދި މީގެ އިތުރުން ވަން ޑިރެކްޝަން ވަނީ 2 އެވޯޑެއް ހޯދާ އެ ގްރޫޕްގެ ކުރީގެ ބަތޮލާ ޒެއިން މަލިކަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355