twitterviber whatsapp telegramfacebookyoutube instagram
18th January 2026

އަނދިރީގައި ދިއްލޭ މިޔަރެއް ސައިންސްވެރިން ހޯދައިފި!

May 23, 2015

އަނދިރީގައި ދިއްލޭ މިޔަރެއް ސައިންސްވެރިން ގެ ހޯދުން ތަކުން ފެނިއްޖެ އެވެ.

“ސްވެލް ޝާރކް” ނަމަކަށް ކިޔާ މި މިޔަރަކީ ކަނޑުގެ 500 މީޓަރު އަޑީގައި އުޅޭ ބާވަތެއްގެ މިޔަރެކެވެ. އެހެން ކަމުން މި މިޔަރަކީ ޑައިވަރުންނަށް ވެސް ހޯދަން އެހާ ފަސޭހަ ނޫން މިޔަރެކެވެ.

ސައިންސްވެރިން ގެ ދިރާސާ ތަކުން ދައްކާ ގޮތުގައި މި ބާވަތުގެ މިޔަރު ދިއްލެނީ ގަދަ ފެހި ކުލައިންނެވެ. އެއީ އޭތިންގެ ހަށިގަނޑުގައި ވާ ފުލޮރިސެންޓް ޕްރޮޓީން މާއްދާއެއްގެ ސަބަބުންނެވެ. ކަނޑު އަޑީގެ އަލި ގަދަ ނޫ ކުލައިގެ ސަބަބުން މި ފުލޮރިސެންޓް ޕްރޮޓީންތައް އެކްޓިވޭޓްވެ ފެހި އައްޔަކުން ދިއްލޭ ގޮއެއްވެއެވެ. މި ދިއްލޭ ދިއްލުމަށް ކިޔަނީ “ބަޔޯފުލޮރެސެންސް” އެވެ.

މީގެ ކުރިންވެސް ސައިންސް ވެރިން ވަނީ ކަނޑު އަޑީގައި ބަޔޯފުލޮރެސެންސް އެހީގައި ދިއްލޭ ތަފާތު 180 ވުރެ ގިނަ ވައްތުރުގެ ޖަނަވާރު ހޯދާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355