twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ކިޑްނީ ފެއިލްވުމުން ދުރުކޮށްދޭނެ 4 ކަމެއް

Jul 21, 2015

އެމީހެއްގެ ކިޑްނީގެ އެންމެ 20 ޕަސެންޓް ރަގަޅަށް މަސައްކަތް ކުރާނަމަވެސް ދުޅަހެޔޮ ދިރިއުޅުމެއް އުޅެވިދާނެ އެވެ. ތިމާ މާބޮޑު ކަމަކަށް ނުހަދާ ދޫކޮށްލާ ނުވަތަ ބޮޑު މައްސަލައެއް ކަމަށް ނުބަލަ ގަވައިދުން ކުރާ ކަންކަމުގެ ސަބަބުން ކިޑްނީގައި މައްސަލަ ޖެހެއެވެ.

އޭގެތެރެއިން 4 ކަމަކަށް ބާލާލާނަމެވެ.

ގިނައިން ހަކުރު ހިމެނޭ ބާތައްތައް ބޭނުން ކުރުމުން ކިޑްނީގައި މައްސަލަ ޖެހެއެވެ. ހާއްސަކޮށް ޝުގަރީ ސޮޑާ އަދި ފިޒީ ބުއިންތަކުގެ ފަދަ ތަކެތިން ކިޑްނީއަށް ބޮޑެތި އަސަރުތަކެއް ކުރެއެވެ. އޭގެތެރޭގައި އަހަރެމެން އާންމުކޮށް ބޭނުން ކުރާ ކޯކު އަދި ރެޑްބުލް ފަދަ ތަކެތި ހިމެނެއެވެ. މާގިނައިން ސޮޑާ ބޭނުން ކުރުމުން ކުޑަކަމުދާ ތަކެތީގައި ހިމެނޭ ޕްރޮޓީންގެ ބައި މަދުކޮށްލައެވެ.އަދި މިއީ ކިޑްނީގައި މައްސަލަ އުޅޭކަމުގެ ހެއްކެކެވެ.

ކިޑްނީއަކީ އަހަރެމެންގެ ހަށިގަނޑުގައި ހިމެނޭ ލޭ ސާފު ކުރުމުގެ މައި މަރުކަޒެވެ. މިއީ ކިޑްނީއާ ނުލައި އަހަރެމެންނަށް ނޫޅެވޭނެ އެންމެ ބޮޑު އެއްސަބަބެވެ. އެހެންނަމަވެސް ގިނައިން ދުންފަތުގެ އިސްތިއުމާލް ކުރާ މީހަކާއި ނުކުރާމީހެއްގެ ކިޑްނީ ފަންގްޝަން މިކަމުގައި ވަރަށް ތަފާތެވެ. ސަބަބަކީ ދުވާލަކު 2 ސިގަރޭޓް ލޭ ހޮޅިތައް ބައްދާލާ ލޭދައުރު ކުރާ މިންވަރު ލަސްކޮށްލުމަށް ފުދެއެވެ.

ހަށިގަނޑުގައި މެގްނީސިއަމް މަދުވުމުންވެސް ކިޑްނީގައި މައްސަލަ ޖެހެއެވެ. ބޭނުންވާ ވަރަށް މެގްނީސިއަމް ހަށިގަނޑުގައި ނެތްނަމަ ކިޑްނީއަށް ބޭނުންވާ ވަރަށް ވުރެ ގިނައިން ކެލްސިއަމް ލިބުމުން ކިޑްނީގައި ހިލަ އުފެދެން ދިމާވެއެވެ. އެހެން ކަމުން ގިނައިން ފެހިކަންގަދަ ފަތް، ތަރުކާރީ އަދި ބީންސް ކެއުމުގައި ހިމަނާށެވެ.

ބޭނުންވާ ވަރަށް ފެން ނުބޮވުން މިއީ ކިޑްނީ މައްސަލަތައްޖެހުން އެންމެ އާންމު ސަބަބެވެ. ސަބަބަކީ ހަށިގަނޑުން ފެން ބޭރުވާ މިންވަރަށް ފެން ނުބޮވޭ ނަމަ ކިޑްނީ މަސައްކަތް ކުރަން ބޭނުންވާ މިންވަރަށް މަސައްކަތެއް ނުކުރެވެއެވެ. އެހެންކަމުން ދުވާލަކު 12 ތަށި ފެން ބުއިމާއެކު ރަނގަޅަށް ކަސްރަތުކުރުންވެސް އެއިީ މުހިއްމު ކަމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355