twitterviber whatsapp telegramfacebookyoutube instagram
8th September 2025

މިނިވަން ދުވަސް – ހިތުގެ އާ ރާގު

Jul 26, 2015

ޢަލީ ހާޝިމް ދީދީ

އާ ރާގެކޭ ކުޅެނީ ހިތުން، ފަރިކަން ނުހަނު ހުރި ޖާދުވީ

ނާރާޒުވޭ އެހެނަސް މިތާ، ޢަމަލެއް ނުވާތީ މާނަވީ

ހުރިހާ އެހެން އެކި ކަންތަކާ އުޅުމާ ގުޅުންތައް ރުހުމުގައި

ކުރެވޭ ކަމަށް ވިޔަކަސް މަގޭ ރާގަށް ނެށުން ގޯހަށް މިވީ

މިނިވަންކަމެއް ނެތި އިޝްޤުގައި ފިނިހަކަތަކެއް ހެން ތޮށިތެރޭ

ފިނިކަން ލިބޭނޭ ގޮތްތަކެއް ނެތިގެން ހިތަށް ތަދު ދެން މިވީ

ބާރާ، ސުލޫކުގެ ވެރި ފަރާތް، ފުނޑުކޮށްލި އުންމީދުގެ ބިނާ

އާރާސްތު ކުރެވޭހައި ހުނަރު، ހިތްވަރު ކަށީގައި ވެސް ނުވީ

ފަހުމެއް ނުވާ ޔާރުންތަކާ ރަހުމެއް ނުވާ ގިނަ މީހުނާ

ވަހުމުން ފުރާ ވީ ހިތްތަކ ާ އަހުރެން ހަނގާކުރުމަށް މިވީ

ލިބިދޭ އެ ރާޙަތު ހޯދުމަށް ތަޞްވީރު މަންޒަރުތަކު ތެރެއިން

ތިބިކަން އެނގޭ އުޅެމުން މި ދާއިރު ލޯތަކެއް ހުޅުވާފަވީ

ދުނިޔޭގެ އެކި ކަންކޮޅުތަކުން އެކި ކުލަކުލައިން ކޮށްގެން ޖަރީ

މުނިޔާތަކެއް ހެން އުދުހިދާ އިރު ވޭނުގައި ހުންނަން މިވީ

ޖާނާއި ރޫޙާ ދޮށިވެގެން ދާއިރު ތު ޖަޒުބާ ފިނިވެގެން

ކާނާ ފުރާނައިގައި އެވާ ހައިކަން ފިލާ އަދި ނުލިބިވީ

ޝަކުވާކުރަން ބޭނުންވިޔަސް، އަޑުއުފުލުމަށް ނުކެރޭ ލަދުން

ތަކުރާރުކޮށް އެދި ހިތް ރުޔަސް، މިގޮތަށް ހުރުން އަދު ދެން ހެވީ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355