twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ފިލްމް “އަހްޝަމް” ޝޫޓިންކުރަން ހަމަޖެހިފައިވަނީ ކުޅުދުއްފުށީގައި: ސީޒަން

Aug 6, 2015

ފިލްމް “އަހްޝަމް” ގެ ޝޫޓިންކުރަން ހަމަޖެހިފައިވަނީ ހދ. ކުޅުދުއްފުށީގައިކަމަށް އަލީ ސީޒަން ބުނެފި އެވެ.

އަލީ ސީޒަން މިހެން ބުނެފައި ވަނީ އެސް ޕްރޮޑަކްޝަންގެ ފުރަތަމަ ފިލްމް “އަހްޝަމް” ލޯންޗުކުރުމަށް ރޭގަ ސަލްސާ ރޯޔަލްސްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެވެ.

އަހްޝަމް”އަކީ ސަޕްރައިސިން ކަންތައްތަކެއް އެކުލެވޭ ބެލުންތެރިން ބަލައިގަންނާނެ ފިލްމަކަށްވާނެ ކަމަށާއި ފިލްމްގެ މަގުސަދަކީ ބެލުންތެރިން “އެންޓަޓައިން” ކުރުވުން ކަމަށް ރޭގެ ރަސްމިޔާތުގައި ވާހަކަ ދައްކަމުން ފިލްމްގެ ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ އަލީ ސީޒަން ބުންޏެވެ.

ކުޅުދުއްފުށީގައި މި މަހުގެ 9 ވަނަ ދުވަހު ޝޫޓިން ކުރަން ހަމަޖެހިފައިވާ މި ފިލްމްގައި ސަޕްރައިޒިން ކާސްޓެއް ފެނިގެންދާނެ ކަމަށް ފިލްމްގެ ލީޑް އެކްޓަރ އަލީ ސީޒަން ބުންޏެވެ.

މި ފިލްމްގެ ޝޫޓިން ކުޅުދުއްފުށީގައި ކުރަން ހަމަޖެހިފައިވާއިރު އެރަށުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެންދާނެ ކަމަކަށް މިކަން ވެގެންދާނެކަމަށާއި ފިލްމްގެ އެއް މަންޒަރު ފިޔަވައި އެހެން ހުރިހާ މަންޒަރެއް ނަގަނީ ކުޅުދުއްފުށީގައި ކަމަށް ސީޒަން ބުންޏެވެ. އެހެންކަމުން ވަގުތީ ގޮތުން އެސް ސްޓޫޑިއޯ ކުޅުދުއްފުއްޓަށް ބަދަލުކުރަން ހަމަޖެހިފައިވާ ކަމަށްވެސް ސީޒަން ބުންޏެވެ.

“އަހްޝަމް”ގެ ރޯލުން ސީޒަން ފެންނާނެއިރު ފިލްމްގެ ލީޑް އެކްޓްރެސްއަކީ އަރަމުން އަންނަ ތަރި ރިޝްފާއެވެ. މީގެ އިތުރުން އާރިފާ އަދި ރޯނު ހަސަން މަނިކު ވެސް “އަހްޝަމް”އިން ފެނިގެންދާނެއެވެ. އެގޮތުން އާރިފާގެ ރޯލަކީ ކުޅުދުއްފުށީ ކައުންސިލްގެ ރައީސްގެ ރޯލު ކަމަށް ވެސް ސީޒަން ބުނެފައިވެއެވެ.

1.5 މިލިއަން ރުފިޔާގެ ބޮޑު ބަޖެޓަކާއިއެކު އުފެދޭ މި ފިލްމް ފިލްމްގެ މަސަކަތް ނިމި ރިލީޒްކުރަން ނިންމާފައިވާ ތާރީހަކީ ނޮވެމްބަރ މަހުގެ ހަވަނަ ދުވަހުކަމަށް ސީޒން ބުނެފައިވެއެވެ.

މި ފިލްމްގައި އަލީ ސީޒަން ފެނިގެންދާނީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގެ އިންޗާޖްގެ ރޯލުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355