twitterviber whatsapp telegramfacebookyoutube instagram
8th April 2026

މިނިވަން 50 ހާއްސަކޮށްގެން ދައުވަތު ބޭންޑުން ލަވަ ސީޑީއެއް ނެރެފި

Aug 13, 2015

މިނިވަން 50 ގެ ކުޅިވަރުތަކުގެ ތެރެއިން ފުނަ ޝޯ އާ ދިމާކޮށް “ދައުވަތު ބޭންޑުން” 3 ލަވައިގެން ސީޑީއެއް ނެރެފި އެވެ.

ދައުވަތު ބޭންޑް ފަރާތުން ނެރުނު މި ލަވަ ސީޑީ ވަނީ ހދ އަތޮޅު ކައުންސިލަށް ހަދިޔާ ކޮށްފަ އެވެ. ލަވަ ސީޑީ ހަދިޔާކުރުމަށް މިއަދު އަތޮޅު ކައުންސިލްގައި ބޭއްވި ހަފްލާއެއްގައި ސީޑީ އާއި ހަދިޔާކުރެއްވީ ދައުވަތު ބޭންޑްގެ ވޯކަލިސްޓެއް ކަމަށްވާ އަލީ މުހައްމަދެވެ. ކައުންސިލުގެ ފަރާތުން ސީޑީއާ ހަވާލުވީ ކައުންސިލްގެ ރައީސް އާދަމް ނާސިރެވެ.

ސީޑީ ހަވާލުކުރުމުގެ ހަފްލާގައި ދައުވަތު ބޭންޑް ލީޑް ވޯކަލިސްޓް އަބުދުއްރަޝީދު (ދޮންބެ) ބުނީ މިއީ އެބޭންޑު މިނިވަން 50 އާ ގުޅުވައިގެން ނެރުނު ސީޑީ އެއްކަމަށާއި މާދަމާ ކުޅުދުއްފުށީގައި ބާއްވާ ފުނަ ޝޯގައި މިލަވަތައް އަޑު އިވިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

ހދ އަތޮޅު ކައުންސިލްގެ ރައީސް އާދަމް ނާސިރު ވިދާޅުވީ މިނިވަން 50 ގުޅުވައިގެން މިފަދަ ލަވަ ސީޑީއެއް ނެރުމުން ޝުކުރު އަދާކުރައްވާފަ އެވެ. އަދި ކުރިއަށް އޮއްތާ މިފަދަ ހަރަކާތްތަކުގައި ކުލަބު ޖަމްއިއްޔާގެ ބައިވެރިވުން އިތުރުވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ނާސިރު ވިދާޅުވި އެވެ.

ދައުވަތު ބޭންޑްގެ ދެ ވޯކަލިސްޓުން ކަމަށްވާ އަލީ މުހައްމަދާއި އަބުދުއްރަޝީދު( ދޮނޭ) އަޑު ހިމެނިފައިވާ މި ލަވަތަކުގެ ލިރިކްސް ހަދާފައިވަނީ ދުރުމި، އާދަމް އިބުރާހިމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355