twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކޮފީ ބުއިމުން ޑިޕްރެޝަނާ ދުރުކޮށްދޭ

Sep 4, 2015

ކޮފީ އަކީ ޔަގީނުންވެސް ދިރިއުޅުމުގެ އެއްބަޔެވެ. ހާއްސަކޮށް ޒުވާނުންނަށެވެ. ކޮންމެ ދުވަހުގެ 2 ނުވަތަ 3 ފަހަރު ރައްޓެހިންނާއެކު ކޮފީއަށް ނުދާ މީހަކު މަދުވާނެއެވެ. އެހެންކަމުން ކޮފީ ބުއިމުން ހަށިގަނޑަށް ކުރާ ބައެއްފައިދާ ހިމަނާލާނަމެވެ.

ޑިޕްރެޝަން އަކީ އާންމުކޮށް އެންމެނަށް ދިމާވާ މައްސަލައެކެވެ. ހާއްސަކޮށް އަންހެނުންނަށެވެ. ދުވާލަކު 2-4 ތަށި ކޮފީ ބޭނުން ކުރުމުން ހާސްވެ ކަންބޮޑުވާ މިންވަރު 20 ޕަސެންޓަށް ދަށްކޮށްދެއެވެ. ހާއްސަކޮށް ޑިޕްރެޝަންގެ ސަބަބުން އަމިއްލައަށް މަރުވުމަށް ނުވަތަ ހަށިގަނޑަށް ގެއްލުން ދޭ މީހުން މަދެއްނޫނެވެ. އެހެން ކަމުން ގަވައިދުން ކަޅު ކޮފީ މިފަދަ ހިޔާލުތަކުން ދުރުވާކަމަށް ދިރާސާތަކުން ދައްކައެވެ.

ކޮފީއަކީ ދަނޑުވެރިކަމުން ހައްދާ އެއްޗަކަށް ވުމުން ކެއުމުގައި ބޭނުންކުރާ ތަރުކާރީން ލިބޭފައިދާ ކޮފީންވެސް ލިބެއެވެ. ހާއްސަކޮށް ކޮފީއަކީ ނިއުޓްރިޝަން އަދި ވިޓަމިން ގިނަ އަދަދަކަށް ހިމެނޭ އެއްޗެކެވެ. ދުވާލަކު އެއްތަށި ކޮފީ ބޭނުން ކުރުމުންވެސް ހަށުގަނޑަށް ބޭނުންވާވަރަށް ބީ2، ބީ3، ބީ1، އަދި ބީ5 ލިބެއެވެ.

ކޮފީ ހަމަ އެކަނި ފައިދާ ކުރަނީ ހަށިގަނޑަކަށް ނޫނެވެ. ހާއްސަކޮށް ހަނދާން ބަލި މީހުންނަށް ކޮފީ އަކީ ފަރުވާ އެކެވެ. އޭގެ އިތުރުން ކޮފީގެ ސަބަބުން ސިކުނޑީގެ ބަލިތަކުންވެސް ދުރުކޮށްދެ އެވެ. އަދި ތިމާގެ މޫޑް ރަނގަޅުކޮށް ލިބިފައިވާ ވަރުބަލިކަން ފިލުވަލުމަށް އެންމެ މޮޅު ބުއިމަކަށް ޔަގީނުންވެސް ކޮފީ ވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355