ފިލްމް އަހުޝަމްގެ ޝޫޓިން ކުރުމުގެ ތެރޭގައި ފިލްމްގެ ލީޑް އެކްޓަރު އަލީ ސީޒަންއަށް އަނިޔާވެއްޖެ އެވެ.
ސީޒަންއަށް އަނިޔާވެފައިވަނީ 2 ބުރި ގެއަކުން ފުންމާލުމުގެ ތެރޭގައި ދިމާވި ކުޑަ ޓެކްނިކަލް އެރާއެއްގެ ސަބަބުންނެވެ.
މިހާރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދީފައިވާއިރު ޑޮކްޓަރުން ބުނެފައިވަނީ ސީޒަންގެ ކަށިގަނޑަށް ގެއްލުމެއް ލިބިފައި ނެތް ނަމަވެސް ފައިގެ މަސްގަނޑަކަށް އަނިޔާވެފައިވާ ކަމަށެވެ.
މީގެ އިތުރުން ފިލްމުގެ މުހިންމު ރޯލެއް އަދާކުރާ ކުޅުދުއްފުށި ޒުވާނެއް ކަމަށްވާ މިދުހަތު (މިޑީ) އަށް ވެސް ޝޫޓިންގެ ތެރެއިން ބޮޑު އިންޖަރީއެއް ލިބިފައިވާކަމަށް ފިލްމްގެ ޕްރޮޑަކްޝަން ޑިޒައިނަރ އަހުމަދު ވިކާޝް ކުޅުދުއްފުށި އޮންލައިނަށް މައުލޫމާތު ދިނެވެ.
މިޑީ އަށް އަނިޔާވެގެން ބޭސް އަޅަނީ–ފޮޓޯ: އަހުޝާމް
އެ އެޒުވާނާގެ ފުއްނާބު ވަރަށް ބޮޑަށް ކަފައިގެން ގޮސްފައިވާތީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދީފާ ވަނޭ ކަމަށް ވިކާޝް ބުންޏެވެ. ނަމަވެސް އެކަމުގެ ސަބަބުން ޝޫޓިން އަށް މަޑުޖެހުމެއް އައިސްފާ ނުވާކަމަށްވެސް އެނާ ބުންޏެވެ.
ފިލްމް އަހުޝަމްގެ ޝޫޓިންގެ 99% ނިމިފައި ވާއިރު ދެން އިންނާނީ މާލޭގައި ނަގަންޖެހޭ ސީންއެއް އެކަނި ކަމަށްވެސް ވިކާޝް ބުނެފައި ވެއެވެ. އަދި އެއީ ފިލްމްގެ ފެށޭ ސީންކަމަށްވެސް އޭނާ ބުންޏެވެ.