twitterviber whatsapp telegramfacebookyoutube instagram
31st October 2025

ރަންބީރު ސިނގިރޭޓާ ދުރަށް

Nov 12, 2015

ފިލްމް ތަކުން އެތައް ކާމިޔާބީ އަކާއި މަޝްހޫރު ކަމެއް ހޯދާފައިވާ ޒުވާން ބަތޮލު ރަންބީރް ކަޕޫރު ސިނގިރޭޓް ބުއިން ހުއްޓާލައިފި ކަމަށް އޭނާ ބުނެފިއެވެ.

ދާދި ފަހުން ރަންބީރާ ކުރި އިންޓަވިއު އެއްގައި ބުނެފައި ވަނީ އޭނާ ސިނގިރޭޓް ބުއިން އެއްކޮށް ހުއްޓާލައިފި ކަމަށާއި ހުއްޓާލުމުގެ ސަބަބުން ހިތްހަމަޖެހުމާއި ދިރިއުޅުމުގައި އެހެން ކަންކަމަށް ވިސްނުމުގެ ވަގުތު ވެސް އިތުރު ވެގެން ދިޔަކަމަށެވެ.

ރަންބީރު ބުނީ މީގެ ކުރިން ކުރިން ދުވާލަކު 2 ފޮށި ސިނގިރޭޓް ބޮވޭ ކަމަށާއި މި ވަބާއިން ސަލާމަތް ވުމައްޓަކާ “ތެރަޕުއެޓިކް ނޮން ސްމޯކިން ސެޝަން” ތަކެއް ނާގާފައި ވާނޭ ކަމަށެވެ.

ޅަ އުމުރުގައި ސިނގިރޭޓްގެ ސަބަބުން ހަށިގަނޑަށް މާ ބޮޑު ތަފާތެއް ނަޔަސް އުމުރު މަތި ވި ވަރަކަށް ހުންނަން ވީ ވަރަށް ވުރެ މުސްކުޅިކަމަށް ކަމަށް ދައްކަން ފެށި ކަމަށް ރަންބީރު ހާމަ ކުރިއެވެ.

އެގޮތުން ފިލްމް ތަކުގައިވެސް ޒުވާން ކޮށް ހުރުމަށާއި ރަނގަޅު ސިއްހަތެއްގައި ހުރުމަށްޓަކައި ސިނގިރޭޓް ބުއިން ހުއްޓާލީ ކަމަށް ރަންބީރު ބުންޏެވެ.

އެކްޓަރަކަށް ވުމާ އެކު ރަންބީރުގެ ފަރާތުން މީހުންނަށް ސިނގިރޭޓް ބުއިން ހުއްޓަލުމަށް “އިންސްޕަޔަރ” ވާނޭ ކަމަށް ރަންބީރު އުންމީދު ކުރެއެވެ.

ރަންބީރު މި ދުވަސްކޮޅު އުޅެނީ މި މަހު 27 ގައި ނެރުމަށް ހަމަޖެހިފައި ވާ ދިޕިކާޔާ އެކު ފެނިގެންދާ ފިލްމް “ތަމާޝާ” ޕްރޮމޯޓް ކުރުމުގައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355