twitterviber whatsapp telegramfacebookyoutube instagram
20th April 2024

ރޭގަނޑު އަވަހަށް ނިދާށެވެ. ނޫނީ އަވަހަށް މުސްކުޅި ވެދާނެއެވެ.

Dec 6, 2015

ރޭގަނޑު ނުނިދިގެން ނޫނީ ނުނިދަ އުޅޭ މީހުން ވަރަށް ގިނަ އެވެ. އެއްބަޔަކު ކޮންމެވެސް ސީރިޒްއެއް ބަލާށެވެ. ނޫނީ އެކުވެރިންނާ އެކު ކޮންމެވެސް ސަކަރާތެއް ގައެވެ. ހެނދުނު އަވަހަށް ހޭލައިގެން ވަޒީފާއަށް ދާންޖެހޭ މީހުންވެސް މެއެވެ.

ތިމާގެ ހަށިގަނޑަށް ބޭނުންވާ ވަރަށް ނިދި ނުލިބިއްޖެނަމަ އޭނގެ ނޭދެވޭ އަސަރު ހަމަޔަގީނުންވެސް ކުރާނެ އެވެ. ވިސްނާލާށެވެ ގެއްލުން ތިދެވެނީ ހަމަ ތިމާގެ ހަށިގަނޑަށެވެ.

އުމުރަށް އަންނަ ތަފާތާ އެއްވަރަށް ހަށިގަނޑަށް ބޭނުންވާ ނިދީގެ މިންވަރު ވެސް ތަފާތު ވެއެވެ. އެގޮތުން ތިންމަހުގެ ކުޑަކުއްޖަކަށް 14-17 ގަޑިއިރުގެ ނިދިބޭނުން ވެއެވެ. އަދި 4 މާހާއި 11 މަހާ ދޭތެރޭގެ ކުޑަކުއްޖަކަށް 12-15 ގަޑީއިރުގެ ނިދިބޭނުންވާއިރު 1 އަހަރާއި 2 އަހަރާ ދެމެދުގެ ކުއްޖަކަށް 11-14 ގަޑިއިރުގެ ނިދިބޭނުންވެއެވެ.

ކުއްޖާ ސްކޫލަށް ދާ އުމުރުފުރާ ފެށޭއިރު 3 އަހަރާއި 5 އަހަރުގެ ކުއްޖަކަށް 10-13 ގަޑިއިރުގެ ނިދި ބޭނުންވެއެވެ. އަދި 6 އަހަރާއި 13 އަހަރާއި ދެމެދުގެ ކުއްޖަކަށް 9-11 ގަޑިއިރުގެ ނިދި ބޭނުންވާއިރު 14 އަހަރާއި 17 އަހަރުގެ ކުއްޖަކަށް ބޭނުންވަނީ 8-10 ގަޑިއިރުގެ ނިންޖެވެ.

މީހާ ބޮޑުވަމުން ދާ ވަރަކަށް ހަށިނގަޑަށް ބޭނުންވާ ނިދީގެ މިންވަރު ދަނީ މަދުވަމުންނެެވެ. އެގޮތުން 18 އަހަރާއި 25 އަހަރުގެ މީހަކަށް ބޭނުންވަނީ 7-9 ގަޑިއިރުގެ ނިންޖެވެ. އަދި 26 އަހަރާއި 64 ދެމެދުގެ މީހަކަށްވެސް 7-9 ގަޑިއިރުގެ ނިބޭނުންވާނެ އެވެ. އަދި 65 އަހަރަށް ވުރެމަތީގެ މީހަކަށްނަމަ މަދުވެގެން 8 ގަޑިއިރުގެ ނިދިބޭނުން ވެއެވެ.

މި މިންގަނޑަށް ނިދި ނުލިބޭނަމަ ވަރުބަލިކަން އިހްސާސް ކުރެވި ކިޔެވުމަށް ނުވަތަ ކުރާ މަސައްކަތަށް ސަމާލުކަން ދިނުމަށް ދަތިވެއެވެ. އަދި ހިތުގެ ބަލިތަށް ޖެހުމަށް މަގުފަހި ވެއެވެ.

އޭގެ އިތުރުން ހަންގަނޑުހައި ރޫޖެހި ހަންގަނޑުގައި ހުންނަ އޮމާންކަން ގެއްލިދިއުމުގެ ސަބަބަކަށް، ބޭނުން ވާ ވަރަށް ނިދި ނުލިބުން ހިމެނެއެވެ. ހާއްސަކޮށް ޑައިޓްގައި އުޅޭ ބޭފުޅުންނަސް ހަމައަށް ނިދި ލިބުން މުހިއްމެވެ. ސަބަބަކީ ބަރުދަން ލުއިކޮށް ފުރިހަމަ ސިއްހަތެއްގައި ހުންނަން ނިދި މުހިއްމު ވަތީ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355