twitterviber whatsapp telegramfacebookyoutube instagram
31st October 2025

ދިޕިކާ އާއި ރަންވީރު ޑިނަރ ޑޭޓަކަށް

Nov 24, 2015

“ބާޖިރާއޯ މަސްތާނީ”ގައި ވަރުގަދަ ރޯލަކުން ފެނިގެންދާނެ ދިޕިކާ ޕަޑުކޯން އަދި ރަންވީރު ސިން ޑިނަރ ޑޭޓަކަށް ގޮއްސިއެވެ.

ގިނަ ބައެއްގެ ފޮނި އިންތިޒާރުތަކަށްފަހު ބާޖިރާއޯ މަސްތާނީގެ ގުރޭންޑް ޓްރެއިލަރ ލޯންޗުކުރުމަށްފަހު ދިޕިކާ އަދި ރަންވީރު ޗައިނީސް ރެސްޓޯރެންޓަކަށް ގޮސް ފައިވާކަމަށް އިންޑިޔާގެ މީޑިއާ ރިޕޯރޓްތަކުގައި ބުނެއެވެ.

ރިޕޯރޓްގައި ވާގޮތުން ބާޖިރައޯ މަސްތާނީ ޕްރޮމޯޓްކުރުމަށާއި ޓްރެއިލަރ ލޯންޗުކުރުމަށް ވަރަށް ބުރަކޮށް އުޅުމަށްފަހު ސީދާ ދިޔައީ ޑިނަރ އަކަށެވެ. އެހެންކަމުން މިއީ މިދެމީހުން ރައްޓެހިވެގެން އުޅޭކަމުގެ ހެއްކެއް ކަމަށްބުނެ މީޑިޔާތަކުން ވަނީ ހަބަރު ފަތުރާފަ އެވެ. އަދި މީގެ ކުރިންވެސް އެކި ފަހަރު މަތިން މިދެމީހުންގެ ލޯބީގެ ވާހަކަތައް މީޑިޔާގައި ވަނީ ފެތުރިފައިއެވެ.

ބާޖިރާއޯ މަސްތާނީގައި މި ދެމީހުންގެ އިތުރުން ޕްރިޔަންކާ ޗޯޕްރާ ފެނިގެންދާނެ އެވެ.

މިދިޔަ ހުކުރު ދުވަހު މި ފިލްމްގެ “ގުރޭންޑް ޓްރެއިލަރ” ރިލީޒް ވުމާއެކު މި ފިލްމަށް ދަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. އަދި މި ޓްރެއިލަރަކީ މިއަހަރުގެ ތެރޭގައި މިހާތަނަށް ނިކުތް އެންމެ މޮޅު ޓްރެއިލަރު ކަމަށް ގިނަ ބަޔަކު ދަނީ ދެކެމުންނެވެ.

މި ފިލްމް ރިލީޒް ކުރަން ހަމަޖެހިފައި ވަނީ ޑިސެމްބަރު 18 ގައި ޝާހްރުކް އަދި ކާޖޮލްގެ “ދިލްވާލޭއާ” އެކުގައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355