twitterviber whatsapp telegramfacebookyoutube instagram
20th April 2024

ބަނޑުގައި ޖަހާ މަސްތައް ކެއުމަށް ގެންނަ ކުޑަ ބަދަލަކުންވެސް ވިރުވާލެވިދާނެ

Nov 23, 2015

ބަނޑުގައި ޖަހާ ސަރުބީ ނުވަތަ މަސްތަށް ވިރުވާލުމަކީ ގިނަ ބަޔަކަށް އުނދަގޫ ވެފައިވާ ކަމެކެވެ. ގިނަ ބަޔަކު ދުވާލު ނުކައި ހުރެ ބަނޑު ހިންދުމަށް މަސައްކަތް ކުރާއިރު އަނެއްބަޔަކު މޮޅެތި ޑައިޓް ޖައްސައެވެ.

ބަނޑުގައި ސަރުބީ ގިނަވަނީ ތިމާ ކެއުމުގައި ގެންގުޅޭ މިންގަނޑު ހަށިގަނޑަށް ނުފެތޭތީ އެވެ. އެހެންވުމުން ކެއުން މަދު ކުރާށެވެ. އެއްކޮށް ހުއްޓާނީކީ ނޫނެވެ. ދުވާލު 3 އިރު ކާށެވެ. އެކަމަކު މަދުންނެވެ.

ބައެއް މީހުންގެ ޑައިޓަކީ ދުވާލު ގަދަޔަށް ކެއުމަށްފަހު ރޭގަނޑު ނުކައި ހުރުމެވެ. މިއީ އަދި އެންމެ ރަގަނޅު ގޮތެއް ނޫނެވެ. ހަަމައެކަނި ފަލަވާނީ ރޭގަނޑު އެކަނި ކެއުމަކުން ނޫނެވެ. ތިމާ ގިނައިން ކާނަމަ ބަނޑުހައިވާ ކޮންމެ ފަހަރަކު ގިނައިން ކެވޭނެއެވެ. އެހެންނަމަވެސް ކާން ވަކި ގަނޑިތަކެއް ހަމަޖެއްސުމަށްފަހު ކާ މިންވަރު  އެއްވަރެއްގައި ހިފަހައްޓާށެވެ. މިހެން ގަވައިދުން ކުރިއަށް ގެންދެވިއްޖެ ނަމަ ތިމާ ކާވަރަށް ބަނޑު “އެޑްޖަސްޓް” ވާނެއެވެ. އަދި މަދުން ކޭނަމަވެސް ބަނޑު ފުރޭނެއެވެ.

ކެއުމާ އެއްވަރަށް ފެންވެސް ބޯން ޖެހެއެވެ. ކެއުމުގެ ތެރޭގައިވެސް އަދި ކެއުމަށް ފަހުވެސް ފެންބޯން ޖެހެއެވެ. އެކަމަކު ފެންބޮއެގެން ނޭވާ ނުލެވޭ ވަރަކަށް ނޫނެވެ. ބަނޑު ހިންދުމަށް ޑައިޓް ޖައްސާނަަމަ ހެނދުނު، މެންދުރު އަދި ރޭގަނޑު ކާށެވެ. ހަމަ އާންމުކޮށް ކެއުމުގައި ތި ބޭނުންކުރާ ބާވަތްތައްވެސް ބޭނުން ކުރެވިދާނެއެވެ. އެހެންނަމަވެސް ތެޔޮ އެއްޗެހި މަދުކޮށް ތަރުކާރީ އާއި މޭވޭ އަދި ހާއްސަކޮށް ފެހިކަން ގަދަފަތް ކާށެވެ. އަދި ކެއުމުގެ މެދުތެރެއިން ބޭނުންކުރާ ހުރިހާ “ޖަންކް ފުޑްސް” ކެއުން އެއްކޮށް ހުއްޓާލާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355