twitterviber whatsapp telegramfacebookyoutube instagram
8th May 2024

ފިލްޓަރ ނުކޮށް ހުންނަ ފޮޓޯ ލާން ފެށުމުން 5000 މީހުން އަންފޮލޯކޮށްފި

Dec 2, 2015

ސެލެބްރިޓީއަކަށް ވުމަށް ވަކި ހާއްސަ ހުނަރެއް ނުވަތަ މުއްސަނދި ވުމުގެ ބޭނުމެއް މިޒަމާނަކު ނުޖެހެއެވެ. އެގޮތަށް އިންސްޓަގުރާމް ނުވަތަ ފޭސްބުކް ފަދަ ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުން ގިނަ ބައެއްގެ މެދުގައި މަޝްހޫރުކަން ހޯދުމަކީ މިހާރު އާންމު ކަމެކެވެ. އެފަދަ މީހުން އަމިއްލަ ރީތި ޕޮޓޯ އިންސްޓަގުރާމަށް ލައި އެމީހުންގެ ރީތި ކަމުގެ ފޭން އަކަށް ވާ ގިނަ ބަޔަކު އުޅެދާނެއެވެ. އަދި އެމީހުންނަކީ ސެލެބްރިޓީ ނުވަތަ އިންސްޓަގުރާމް ސްޓާރުންގެ ގޮތުގައިވެސް ދެކެއެވެ.

އެފަދަ އިންސްޓަގުރާމުގެ ސެލެބްރިޓީއެއް ކަމަށް ވާ ޓީނާ ސެންޑަރސް އަކީ ލަންޑަނަށް އުފަން އުމުރުން 24 އަހަރުގެ މޮޑެލްއެކެވެ.

ބިކިނީ ސެލްފީތަކާއި އެކި ކަހަލަ ގްލޭމަރަސް ޕޮޓޯތަކުގެ ސަބަބުން އޭނާއަކީ އިންސްޓަގުރާމުގައި ބޮޑު ފޮލޯވިންއެއް އޮންނަ މޮޑެލްއެކެވެ. އަދި އެ ޕޮޓޯތަކަށް ފުދޭވަރެއްގެ ކޮމެންޓްތަކާއި ލައިކް އައި ކަމަށް އޭނާ ބުނެއެވެ.

ޑެއިލީމެއިލްގެ އެދުމަކުން ސެންޑަރސް ވަނީ އެކްސްޕެރިމެންޓެއް ކުރުމަށް އެއްބަސް ވެފައިއެވެ. އެ އެކްސްޕެރިމެންޓަކީ ސެންޑާރސްގެ އެއްވެސް ފިލްޓަރއެއް ނުކޮށް ނުވަތަ މޭކްއަޕްނުކޮށް ހުންނަ ފޮޓޯ އަޕްލޯޑް ކުރުމުން އޭނާގެ ފޭންސް އެކަމާ ދެކޭނެގޮތެއް ބެލުމެވެ.

އެކްސްޕެރިމެންޓުގެ ދަށުން ސެންޑަރސް އޭނާގެ “ޑީގްލޭމް” ޕޮޓޯތަށް އިންސްޓަގުރާމަށް އަޕްލޯޑް ކުރަން ފެށިއެވެ. އޭނާ ރީތިވުމަށް ކުރާ ކަންތައް ތައްތަކުގެ ވާހަކަ ޕޮޓޯތަކާ އެކީ އަޕްލޯޑް ކުރަން ފެށިއެވެ. އަދި އެއްވެސް މޭކްއަޕް އަދި ފޮޓޯ ފިލްޓަރއަކާ ނުލާ ފޮޓޯ އަޕްލޯޑް ކުރިއެވެ.

ނަތީޖާއެއްގެ ގޮތުން ދިމާވީ އޭނާގެ ފޭނުން އަންފޮލޯ ކުރަން ފެށުމެވެ. އެކްސްޕެރިމެންޓް ކުރަމުން ދިޔަ ވަގުތު 3000 ފޮލޯވަރުން އަދި ނިމުނު އިރު 5000 ވުރެ ގިނަ ފޮލޯވަރުން އަންފޮލޯ ކުރިކަމަށް ސެންޑަރސް ބުނެފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355