twitterviber whatsapp telegramfacebookyoutube instagram
25th April 2024

އަތްލެވޭ ފަދަ “ހޮލޮގުރާމްސް” އުފައްދައިފި

Dec 5, 2015

އިންސާނުންނަށް އަތް ލެވޭނެ ފަދަ “ހޮލޮގްރާމްސް” ޖަޕާނުގެ ރިސާރޗް ޓީމަކުން އުފައްދައިފި އެވެ.

“ފެއަރީ ލައިޓްސް” ގެ ނަމުން އުފެއްދި މި ހޮލޮގްރާމް ތަކަކީ އިންސާނުންނަށް އަތްލެވޭނެ ފަދަ ހޮލޮގްރާމެއް އުފެއްދުމުގެ ފެށުން ކަމަށް ރިސާރޗް ޓީމުން ހާމަކުރެއެވެ.

މި ހޮލޮގްރާމްސް އުފައްދާފައިވަނީ ފެމްޓޯސެކަންޑް ލޭޒާރސްތަކެއްގެ އެހީގައި 3ޑީކޮށެވެ. މި ލޭޒާރސްތަކުން ވަރަށް މަތީ ފްރެކުއެންސީ ޕަލްޒް އުފައްދައެވެ. އެގޮތުން ސިކުންތެއް ތެރޭގައި 1000 އިން 2 ލައްކަ ޕަލްޒް މި ލޭޒާތަކުން އުފައްދާނެކަމަށް ރިސާރޖް ޓީމުން ބުނެއެވެ.

މި ހޮލްގުރާމްތައް ވައިގައި ފެންނަން ހުންނަ އިރު އަތް ޖައްސާލުމުން ހަރާކާތް ބަދަލުވާގޮތް ހެދެއެެވެ.

މި ޓެކްނޮލޮޖީގެ އެހީގައި އިންސާނުންގެ އާންމު ދިރިއުޅުމަށް ބޮޑު އިންގިލާބެއް ގެންނާނެ ކަމަށާއި މެޑިކަލް ކަންކަމުގަޔާއި ކޮންސްޓްރަކްޝަން ސައިޓް ތަކުގައި މި ޓެކްނޮލޮޖީއަކީ ބޭނުން ހުރި ވަސީލަތެއް ކަމަށް ރިސާރޖް ޓީމުގެ އިސްކޮށް އުޅުއްވި ޓޯކިއޯގެ ސަކުބާ ޔުނިވާސިޓީގެ ޕްރޮފެސަރ ޔޮއިޗީ އޮޗިއައި ވިދާޅުވި އެވެ.

ޕްރޮފެސަރ އިތުރަށް ވިދާޅުވީ 3 ޑައިންމެންޝަން ކޮށް އިމޭޖް އުފެއްދޭނަ ކަމުގައި ވާނަމަ އޭގައި އަތްލައި އޭގެން އަސްލުހެން ހީވާ އެއްޗެހިވެސް އުފެއްދޭނެ ކަމަށެވެ.

މީގެ ކުރިންވެސް އަތްލެވޭފަދަ ހޮލޮގްރާމް އުފެއްދުމުގެ މަސައްކަތް ސައިންސްވެރިން ވަނީ ކޮށްފަ އެވެ. ނަމަވެސް އޭރު އުފެއްދި ހޮލޮގްރާމްތަކުގައި އެހާ ގިނައިރު އަތް ލުމުން އަތް ފިހޭ ގޮތް ވިއެވެ.

އެހެން ކަމުން އެކަމުގެ ހައްލަކަށް ހޮލޮގްރާމް އުފެއްދުމުގައި މިފަހަރު ބޭނުން ކޮށްފައި ވާނީ ފެމްޓޯސެކަންޑް ލޭޒާރތަކުން އުފައްދަފައި ވާ ޕްލަސްމާ ވޮކްސެލްސް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355