twitterviber whatsapp telegramfacebookyoutube instagram
17th September 2026

20 އަހަރަށްފަހު “އިންޑިޕެންޑެންސް ޑޭ” ގެ ދެވަނަ ބައި

Dec 14, 2015

1996 ވަނައަހަރުގެ ސައިންސް ފިކްޝަން ބްލޮކް ބަސްޓަރ ފިލްމް “އިންޑިޕެންޑެންސް ޑޭ” ގެ ދެވަނަ ބައި “އިންޑިޕެންޑެންސް ޑޭ: ރެސަޖަންސް” ގެ ޓްރެއިލަރ އިއްޔެ ރިލީޒްކޮށްފިއެވެ.

20 އަހަރަށް ފަހު މި ފިލްމްގެ ދެވަނަ ބައިގައި ފުރަތަމަ ބައިވެސް ފެނިގެން ދިޔަ ޖެފް ގޮލްޑްބްލަމް، ބިލް ޕުލްމަން އަދި ވިވިކާ ފޮކްސް ފެނިގެންދާނެއެވެ. ނަމަވެސް ކެޕްޓަން ސްޓީވްގެ ރޯލުން ފެނިގެން ދިޔަ ވިލް ސްމިތްގެ ރޯލް ދެވަނަ ބައިން ފެނިގެންނުދާނެއެވެ.

ވިލް ސްމިތްގެ ބަދަލުގައި އެ ފިލްމުގެ ލީޑް ރޯލުން ފެނިގެންދާ ތަރިއަކީ ޖެސީ އަޝާއެވެ. މީގެ އިތުރުން ދެވަނަ ބައިން އާ ރޯލަކުން ޖޯއީ ކިން، ވިލިއަމް ފެޗަރ ގެ އިތުރުން “ހާންގަރ ގޭމްސް” ގައި ގޭލްގެ ރޯލު އަދާކޮށްފައިވާ ލިއަމް ހެމްސްވޯތްވެސް ފެނިގެންދާނެ އެވެ.

މި ފިލްމް އިން ވިލް ސްމިތު ފެނިގެން ނުދަނީ އޭނާގެ އަގު ފިލްމުގެ ބަޖެޓަށް ނުފޯރާ ހިސާބަށް އަރާފައިވާތީ ކަމަށް މީޑިއާގައި ހަބަރު ފެތުރިފައި ވެއެވެ.

ޖުލައި 3، 1996 ގައި ނިކުތް އިންޑިޕެންޑެންސް ޑޭ އަަށް ވަނީ 800 މިލިއަން ޑަލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފައިވާއިރު އެ ފިލްމަކީ ވިލް ސްމިތް އެންމެ ބޮޑަށް މަޝްހޫރު ކޮށްލިއެއް ފިލްމެވެ.

އަންނަ އަހަރުގެ ޖޫން މަހުގެ 24 ގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ދެވަނަބަޔަށް އެ ފިލްމު ކަމުދާ ގިނަ ބަޔަކު އައީ އިންތިޒާރު ކުރަމުންނެވެ. އަދި ފިލްމުގެ ޓްރެއިލާ ރިލީޒްވުމާއެކު އެ 2:21 ގެ ޓްރެއިލަރ ދަނީ ގިނަ ހިޓްސް ލިބެމުންނެވެ.

“އިންޑެޕެންޑެންސް ޑޭ ރިސާޖަންސް” އަކީ ޓްވެންޓިއަތް ސެންޗަރީ ފޮކްސްގެ ފިލްމެކެވެ. މި ފިލްމު ޑައިރެކްޓް ކޮށްފައި ވަނީ ރޯލެންޑް އެމަރިޗްއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293