twitterviber whatsapp telegramfacebookyoutube instagram
29th March 2024

ރާނބާފަތުން ހަށިގަނޑަށްކުރާ ފައިދާތައް އެނގޭތަ

Feb 13, 2016

ރަނބާފަތަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް ކެއްކުމުގައި ގިނަ އަދަދަކަށް ބޭނުން ކުރާ އެއްޗެކެވެ. ރާއްޖޭގައި ވެސް މިއީ ފަސޭހައިން ލިބެން ހުންނަ ބާވަތެކެވެ. ފޮނި އެއްޗެހި އަދި ކުޅި އެއްޗެހި ހެދުމަށްވެސް ރާނބާފަތް ބޭނުން ކުރެއެވެ. އަދި މިއީ ލިބޭ މީރު ރަހަޔާއި އެއްވަރަށް ހަށިގަނޑަށް ފައިދާވެސް ހުރި އެއްޗެކެވެ.

ހަށިގަނޑުން ހަކަތަ ހުސްވެ ނުވަތަ ވަރުދެރަވާނަަމަ ރާނބާފަތު ފެން ބޭނުން ކުރެވިދާނެ އެވެ. ހާއްސަކޮށް ހުން އައިސް ހަކަތަ ދަށްވާ ނަަމަ ރާނބާފަތަކީ ބޭނުން ކުުރުމަށް ރަނގަޅު އެއްޗެކެވެ.

އޭގެ އިތުރުން ހުން އައިސްސަ ހުންނަ ނަމަ ހުން މަޑުކޮށް ދިނުމަށާއި ރޯގާ ޖެހި ކެއްސާ މޭގަ ރިހޭނަމަ ރާނބާފަތުގެ ފެން ބޭނުން ކުރުމުން ރިހުން ދުރުކޮށްދީ ހުން މަޑުކޮށްދެ އެވެ.

ބޮލުގައި ހަންފޮޅޭނަމަ ރާނބާފަތު ފެނުން ބޯ ދޮވުމަކީ ހަން ފޮޅުމުން ދުރުކޮށްދޭ ކަމެކެވެ. އަދި ރާނބާފަތަކީ އިސްތަށި ފޭބުމުން ދުރުކޮށްދިނުމަށް ވެސް ރަނގަޅު ބޭހެކެވެ.

އަދި ނޭވާލުމަށް އުދަނގޫވުމާއި، ހިރުގަނޑު ހަލާކުވެ ލޭ އައުން، ހަޖަމް ވުމުގެ ނިޒާމަށް ޖެހޭ މައްސަލަތައް ހައްލު ކުރުމަށް ވެސް ރާނބާފަތް ބޭނުން ކުރެވިދާނެ އެވެ.

ރާނބާފަތު ފެން ބޭނުން ކުރުމަށް އެންމެ ރަނގަޅު ގޮތަކީ ތެއްޔަކަށް ފެން އެޅުމަށްފަހު ތެލީގެ ފެނަށް މަދު ނުވާވަރަށް ރާނބާފަތް ލުމަށްފަހު ގާތްގަނޑަކަށް 10 މިނެޓް ވަންދެން ކެއްކުމެވެ. އެއަށްފަހު ރާނބާފަތް ކޮޅު ނަގާ ފެންހިހޫ ވަންދެން ބެހެއްޓުމަށްފަހު ކުޑަކޮށް ފިނިކޮށްލުމަށް އަލަމާރީގައި ބަހައްޓާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355