twitterviber whatsapp telegramfacebookyoutube instagram
4th May 2024

ގޯލްޑަން ގްލޯބްސްގައި އެންމެ އަލިގަދަކޮށް ވިދާލި ދެ ފިލްމަކީ “ރެވެނެންޓް” އަދި “ދަ މާޝަން”

Jan 11, 2016

ހޮލީވުޑްގެ ފިލްމަށް އެމެރިކާގައި ދޭ ޝަރަފުވެރި އެވާޑެއް ކަމަށްވާ “ގޯލްޑަން ގްލޯބް އެވޯޑްސް”ގައި ފިލްމް “ރެވެނެންޓް” އަދި “ދަ މާޝަން” އެންމެ އަލިގަދަކޮށް ވިދާލައިފި އެވެ.

ރޭ ބޭއްވި ގޯލްޑެން ގްލޯބްސްގެ 73 ވަނަ އެވޯޑްސްގައި ބެސްޓް މޯޝަން ޕިކްޗަރ (ޑުރާމާ) ރެވެނެންޓަށް ލިބުނު އިރު ބެސްޓް އެކްޓަރ އިން މޯޝަން ޕިކްޗަރ (ޑްރާމާ) ލިބިފައިވަނީ ލިއޮނާޑޯ ޑި ކެޕްރިއޯ އެވެ. އަދި “ދަ މާޝަން” އަށް ބެސްޓް ފިލްމް އިން ކޮމެޑީ/މިއުޒިކަލް ލިބިފައިވެއެވެ. އަދި އެ ފިލްމުގައި މެޓް ޑެމޮން ކުޅެފައިވާ ރޯލުން އޭނާއަށް އެންމެ މޮޅު އެކްޓަރު ކޮމެޑީ ނުވަތަ މިއުޒިކަލްގެ އެވޯޑު ލިބުނެވެ.

ރޭ ގެ އޯވޯޑް ޝޯގައި ގިނަ ބަޔަކަށް ހައިރާންކަން ލިބިގެންދިޔައީ ބޮކްސް އޮފީހުގައި ބޮޑު ނާކާމިޔާބެއް ލިބުނު “ސްޓީވް ޖޮބްސް”ގައި ކޭޓް ވިންސްލެޓް ކުޅެފައިވާ ރޯލަށް ބެސްޓް ސަޕޯޓިން އެކްޓްރެސްގެ އެވޯޑު ލިބުނީމަ އެވެ. ކޭޓް މި އެވޯޑު ކާމިޔާބުކޮށްފައިވާއިރު އެކްސް މެޝީނާ އިން އެލީޝިއާ ވިކެންޑާ އަދި ޓްރަމްބޯއަށް ހެލެން މިރޭން އެ އެވޯޑަށް ނޮމިނޭޓު ވިއެވެ.

ބެސްޓް އެކްޓްރެސް އަކަށް ބްރީ ލަރސަން އަށް ލިބުނީ “ރޫމް” ފިލްމުގައި ކުޅެފައިވާ ރޯލަށެވެ. އަދި “ޖޯއީ” ގައި ޖެނިފަރ ލޯރެންސް ކުޅުނު ރޯލަށްވަނީ  ބެސްޓް އެކްޓްރެސް އިން ކޮމެޑީގެ އެވޯޑް ލިބިފައެވެ.

ބެސްޓް ޓީވީ ސީރީޒް “މިސްޓަރ ރޮބޮޓް” އަށް ލިބފައިވެއެވެ. އެ ސީރީޒްއާ އެންމެ ކައިރިން އެވޯޑަށް “ގޭމް އޮފް ތްރޯންސް” އަދި “އެމްޕަޔަރ” ވާދަކޮށްފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355