twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކިޑްނީއަށް ދިމާވާ މައްސަލަތަކުން ދުރުވާނީ ކިހިނެތް؟

Jun 15, 2016

ކިޑްނީގެ މައްސަލަ ތަކަކީ ގިނަ ބަޔަކަަށް ދިމާވެފައިވާ ހައްލު ކުރަން އުނދަގޫ މައްސަލަ އެކެވެ. ކިޑްނީ ފެއިލްވުން ނުވަތަ ހިލަ އުފެދުން މިއީ ގިނަ ބަޔަކު ތަހައްމަލު ކުރަމުން އަންނަ ވޭނެ ކެވެ.

ކިޑްނީ އަކީ ހަށިގަނޑުގެ މުހިއްމު ގުނަ ވަނަކަށް ވާއިރު ފަރުވާ ކުޑްކޮށްނުލާ ފައިދާ ހުރި ކަނާ ގަވައިދުން ބޭނުން ކުރާނަަމަ ފަސޭހަކާމާއި އެކު ކިޑްނީއަށް ދިމަވާ މައްސަލަ ތަކުން ދުރުވެވިދާނެ އެވެ.

ކިޑްނީގެ މައްސަލަތަައް ތިމާއަށް ނޭނގި ނަމަވެސް ކުރެވޭ ކުދި ކުދި ކަންކަމުންވެސް ދިމާވެދާނެ އެވެ. އެގޮތުން ކުޑަ ކަމުދާން ޖެހިއްޖެ ނަމަ ނުގޮސް ގިނަ އިރު ކުރުމާއި މާ ގިނައިން އެނާރޖީ ޑްރިންކް ބޭނުން ކުރުން ހިމެނެ އެވެ. އަދި މާ ގިނައިން ބޭހުގެ ގޮތުގައި ޕެއިން ކިލާ ބޭނުން ކުުރުމާއި ތައްޔާރީ ކާނާ ގެތެރެއިން ގިނައިން ޕޮޓެންޝިއަމް ހިމެނޭ ކާނާ ބޭނުން ކުރުމަކީ ވެސް ކިޑްނީގެ މައްސަލަތަށް ދިމާވާން މަގުފައިވާ ކަންކަމެވެ. މިފަދަ ތަކެތިން ގިނައިން ބޭނުން ކުރުމުން ދުރުވުމަކީ ކިޑްނީގެ މައްސަލަތަށް ދުރުކުރުމަށް އެޅޭ ވަރަށް ބޮޑު ފިޔަވަޅެކެވެ.

ކިޑްނީގެ މައްސަލަތަކުން ދުުރުވުމަށް ބޭނުން ކުރެވިދަނެ ބައެއް ކަނާ:

ކްރޭންބެރީ: ކްރޭންބެރީގައި ގިނަ އަދަދަކަށް ވިޓަމިން ސީ، އެންޓި އޮކްސިޑެންޓް އަދި ފައިބާ ހިމެނެ އެވެ. އޭގެ އިތުރުން ކޭންބެރީގަކީ ހަކުރު ހިމެނޭ މިންވަރު މަދު މޭވާ އެކެވެ. އަދި ކޭންބެރީއަކީ ކިޑްނީގައި ހިމެނޭ ބެކްޓީރިއާއި ބްލެޑާރ ގެ އެތެރެއަށް ވަންނަ ބެކްޓީރިއާ މަދުކޮށްދިނުމަށް އެހީ ވެދޭ މެވާ އެއްވެސް މެއެވެ.

ކެބެޖް: ކެބެޖުގައި ވިޓަމިން ކޭ، ވިޓަމިން ސީ، ވިޓަމިން ބީ6 އަދި ފައިބާ ހިމެނޭ ތަރުކާރީ އެކެެވެ. ކިޑްނީއަށް ފައިދާ ހުރި ކާނާ ތެރޭގައި ކެބެޖް ހިމެނެނީ ކެބެޖަކީ ޕޮޓެންޝިއަމް ހިމެނޭ މިންވަރު މަދު ކަނާ އަކަށް ވީމަ އެވެ.

މަސްރޫމް: ވިޓަމިން ޑީ ގިނަ އަަދަދަކަށް ހިމެނެ މަޝްރޫމް އަކީ ކިޑްނީގެ ބަލިތަކުން ދުރުކޮށްދިނުމަށް އެންމެ ރަނގަޅު އެއް ކަނާ އެވެ.

މީގެ އިތުރުން ކިޑްނީގެ މައްސަލަތަކުން ދުރުވުމަށް ގިނައިން ފެން ބުއިމަކީ އެންމެ އިސްކަމެއް ދޭން ވާނެ އެއް ކަމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355