ބިޔަލަންކޯ ޕްރައިވެޓް ލިމިޑެޓުން ކުޅުދުއްފުށީގައި ހިންގާ ” ސަތޭކަ ” ފިހާރައިގެ ހޯލް ސޭލް ފިހާރައެއް ހުޅުވައިފި އެވެ.
ބަންޑާރަމަގުގެ ސަތޭކަ ފިހާރައިގެ ކައިރީގައި ހުޅުވި މި ހޯލް ސޭލް ފިހާރައިން އެކުންފުނިން އެތެރެކުރާ ގިނަ ބާވަތެއްގެ މުދާ އަގު ހެޔޮކޮށް ލިބެންހުންނާނެ ކަމަށް ބިޔަލަންކޯއިން މައުލޫމާތު ދެއެވެ.
އަދި އެފަރާތުން ރާއްޖޭ އެތެރެކުރާ މުދަލުގެ އިތުރުން އިތުރު މުދާ ވެސް އެތަނުން ލިބެން ހުންނާނެކަމަށް އެފަރާތުން ބުނެ އެވެ.
ސަތޭކަ ހޯލް ސޭލް ފިހާރައިން ލިބެންހުރި ބައެއް މުދާ:
އަލަނާސި ދަޅު ކޭހެއް- 470
ފެލިވަރު މަސްދަޅު ކޭހެއް- 740
ކޭކު މިކްސް ކޭހެއް- 420
ސޯކްލީން ލިކުއިޑް ކޭހެއް- 225
ސައިފް ބޯއީ ޝަވަރ ޖެލް ކޭހެއް- 250
މާމާ ލައިވް ކޭހެއް- 220
ޖޭމް ފުޅި ކޭހެއް- 210
ޓޮމާޓޯ ސޯސް، ޗިލީ ސޯސް ކޭހެއް- 200
ޓޮމާޓޯ ޕޭސްޓް ކޭހެއް- 220
މީގެ އިތުރުން ވެސް ގިނަ ބާވަތްތަކެއްގެ މުދާ ސަތޭކަ ހޯލް ސޭލް ފިހާރައިން ލިބެން އެބަހުއްޓެވެ.