twitterviber whatsapp telegramfacebookyoutube instagram
30th April 2024

2016 ވަނަ އަހަރު މިހާތަނަށް ބޮލީވުޑްގެ އެންމެ ކާމިޔާބު ފިލްމުތައް

Jun 22, 2016

މި އަހަރު މިހާތަނަށް ބޮލީވުޑްގެ ގިނަ ކާމިޔާބު ފިލްމުތަކެއް ބެލުންތެރިންނާއި ހަމައަށް އައިސްފި އެވެ. އޭގެތެރެއިން ގިނަ ފިލްމު ތަކަކީ ބެލުންތެރިންގެ ތަރުހީބު ވަރަށް ބޮޑަށްލިބި ބޮކްސް އޮފީހުގެ ކުރީގައި އުޅޭ ފިލްމް ތަކެވެ.

އެގޮތުން ބޮކްސް އޮފީހު ކަލެކްޝަންގައި 2016 ވަނަ އަހަރު އެންމެ ކާމިޔާބު އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވާ 5 ފިލްމަށް ބަލާލާނަމެވެ.

މި ލިސްޓުގެ 5 ވަނާގައި އޮތީ ނީރްޖާ އެވެ. މި ފިލްމަކީ 1983 ވަނަ އަހަރު ހައިޖެކް ކުރި ޕްލައިޓުން ގިނަ ބައެއްގެ ފުރާނަ ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި މަރުވި ކުޅަދާނަ އެއާރ ހޮސްޓެސް ނީރްޖާ ބަނޮޓް ގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމަށް 75.61 ކަރޯޑް ގެ ފައިދާ ވެފައި ވެއެވެ.

މި ލިސްޓްގެ 4 ވަނާގައި އޮތީ ސްރައްދާ ކަޕޫރް އަދި ޓައިގާ ސެރޮފް ގެ “ބާގީ” އެވެ. އޭޕްރިލް މަހު ރިލީޒްވި މި ފިލްމަށް 76 ކަރޯޑް ރުޕީސް ލިބިފައި ވެެއެވެ.

ލިސްޓްގެ 3 ވަނާގައި އޮތީ 85 ކަރޯޑާއި އެކު ސާހްރުކް ޚާންގެ ފޭން އެވެ. މި ފިލްމަށް ފުރަތަމަ ހަފްތާގެ ތެރޭގައި ލިބިފައިވަނީ 71 ކަރޯޑް ރުޕީސް އެވެ. ފޭން އަށް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާ ކަމުގައި ވިޔަސް މި ފިލްމަށް ހީކުރިވަރުގެ އާމްދަނީއެއް ލިބިފައެއް ނުވެެއެވެ.

ހައުސްފުލް 3 އޮތީ މިލިސްޓުގެ 2 ވަނާގައި އެވެ. ރޮމޭންޓިކް ކޮމެޑި މި ފިލްމަށް 105.50 ކަރޯޑް ރުޕީސް ލިބިފައި ވެއެވެ. ކޮމްޑީ ސިކުއަލްގެ ގޮތުގައި އުފައްދަމުން އަންނަ ހައުސްފުލްގެ 1 އަދި 2 އަކަށްވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ. އަދި ހައުސްފުލް 3 ވެފައިވަނީ ފުރަތަމަ ހަފްތާ ބަންދުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމަށެވެ.

މި ލިސްޓްގެ ފަހުރުވެރި 1 ވަނައަށް ގޮސްފައިވަނީ އަކްޝޭ ކުމާރުގެ އެއާރލިފްޓެވެ. މި ފިލްމާ ޖުމްލަ 127.80 ކަރޯޑް ލިބިފައިވާއިރު މި ފިލްމަކީ 1990 ގައި އިރާޤުން ކުވެއިތަށް އަރައި ފެށި ހަނގުރާމައިގެ ތެރޭގައި، އޭރު ކުވެއިތުގައި ތިބި އިންޑިއާ ރައްޔިތުން، އަނބުރާ އިންޑިއާއަށް ގެންދިއުމަށް އެ ޤައުމުން ހިންގި ބޮޑު މިޝަންއެއް ދައްކައިދޭ ފިލްމެކެވެ.

މީގެ އިތުރުންވެސް މި އަހަރު ގިނަ ފިލްމުތަކެއް ބެލުންތެރިންނާއި ހަމައަށް އަންނާނެ އެވެ. އެގޮތުން ޖައްގާ ޖާސޫސް، ޔެ ލިދްހޭ މުޝްކިލް ފަދަ ފިލްމުތަށް ހިމެނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355