twitterviber whatsapp telegramfacebookyoutube instagram
12th July 2020

ފިތުރު އީދުގެ ބަންދުގެ ގޮތުގައި ޔޫއޭއީގެ ރައްޔިތުންނަށް 9 ދުވަސް ދިނުމަށް ކެބިނެޓުން ކަނޑައަޅައިފި

Jul 1, 2016

މި އަހަރުގެ ފިތުރު އީދުގެ ބަންދުގެ ގޮތުގައި ޔޫއޭއީގެ ރައްޔިތުންނަށް 9 ދުވަސް ދިނުމަށް އެ ޤައުމުގެ ކެބިނެޓުން ކަނޑައަޅައިފި އެވެ.

އެ ޤައުމުގެ ސަރުކާރުން ކަނޑައަޅާފައިވާ ގޮތުގައި ރަމަޟާން މަހުގެ 28 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ ޝައްވާލުގެ މަހުގެ 4 ވަނަ ދުވަހާ ހަމައަށް ވަނީ ބަންދުގެ ގޮތުގައި ކަނޑައަޅާފަ އެވެ. އެހެންކަމުން ޖުލައި 1 އަދި 2 ވާ ހުކުރު ހޮނިހިރާ އެކު ޖުމްލަ 9 ދުވަސް އެ ޤައުމުގެ ރައްޔިތުންނަށް ލިބިގެންދާނެ އެވެ.

މި އަހަރުގެ ފިތުރު އީދުގެ ބަންދުގެ ގޮތުގައި ރާއްޖޭގެ ރައްޔިތުންނަށް ލިބޭނީ އެންމެ 4 ދުވަހެވެ. ފިތުރު އީދު ބަންދާއި އަލްހާ އީދުގެ ބަންދުގެ ގޮތުގައި އެއް ހަފްތާގެ ޗުއްޓީ އެއް ލިބުމަކީ ރާއްޖޭގެ ގިނަ ރައްޔިތުން ވަރަށް އެދޭ ކަމެކެވެ. އެއީ ބަންދު ތެރޭގައި އާއިލާއާ އެކު ރަށުން ބޭރަށް ގޮސްލައި ހިތްހަމަ ޖައްސާލުމަށްޓަކަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355