twitterviber whatsapp telegramfacebookyoutube instagram
20th April 2025

ޕާސްތާ ކެއުމަކީ ހަށިގަނޑަށް ފައިދާ ހުރި ކަމެއް

Jul 11, 2016

ޕާސްތާ އަކީ އިޓަލީގެ ހާއްސަ ކާނާ އެކެވެ. މިހާރަކަށް އައިސް އިޓަލީގައިވެސް މިވަނީ ޕާސްތާ އާއި ސްޕެގެޓީ އަދި ނޫޑުލްސް ފަދަ ތަކެތި ކެއުން މަދެވެފަ އެވެ. ސަބަބަކީ މިތަކެއްޗަކީ ފަލަވާ ޒާތުގެ ތަކެތި ކަމަށްވާތީ އެވެ.

ނަމަވެސް އިޓަލީގެ ސައިންސްވެރިން ކުރި ދިރާސާ އަކުން ދައްކާ ގޮތުގައި އެކަށީގެންވާ ބަރުދަނެއްގައި ހުރުމަށް ޕާސްތާ އަކީ އެހީއެއް ކަމަށެވެ. 23366 މީހުންނާ އެކީ ހެދި މި ދިރާސާގައި ބެލީ ޕާސްތާ ކައި މިންވަރެވެ. ސައިންސްވެރިން ބުނަނީ އާންމުކޮށް ޕާސްތާ ކައި މީހުން މެދުގައި ހަށިގަނޑު ފަލަނުވެ ރަނގަޅު މިންވަރެއްގައި ހިފެހެއްޓުމުގެ ފުރުސަތު ބޮޑުކަން ފާހަގަވެފައިވާ ކަމަށެވެ.

ނިއުޓުރިޝަން އެންޑް ޑައިބެޓީސް ގައި ޕަބްލިޝް ކޮށްފައިވާ މި ދިރާސާގައި ކަނޑައަޅާފައި ވަނީ ޕާސްތާ އަކީ ކާން ރަނގަޅު ސިއްހީ އެއްޗެއް ކަމަށެވެ. މި ދިރާސާގައި ފާހަގަވި އަނެއް ކަމަކީ ޕާސްތާ ގިނައިން ކައި އުޅޭ މީހުން ސިއްހީ ޑައެޓެއް ކަމަށް ބަލާ މެޑިޓެރޭނިއަން ޑައެޓް ބޭނުންކުރުން އިތުރު ކަމެވެ.

ސައިންސްވެރިން ދެކޭގޮތުގައި މެޑިޓެރޭނިއަން ޑައެޓަކީ ހަނދާން ނެތުމާއި ސްޓްރޯކް ޖެހުމަށާއި ހިތުގެ ބަލި ފަދަ ކަންކަމަށް އެކަށީގެންވާ ޑައެޓެކެވެ. މެޑިޓެރޭނިއަން ޑައެޓްގައި ޒައިތޫނު ތެލާއި ތަރުކާރީ އާއި މޭވާ އާއި މަހާއި ގޮވާމުގެ ބާވަތްތައް ހިމެނެ އެވެ. އަދި މި ޑައެޓްކޮށްގެން ހަށިގަނޑު ފަލަނުވެ ހެޔޮވަރު މިނެއްގައި ބެހެއްޓިދާނެ ކަމަށް ސައިންސްވެރިން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355