twitterviber whatsapp telegramfacebookyoutube instagram
7th June 2025

ހާދަރުގެ ޓިކެޓް ތިލަދެކުނު ސިނަމާގައި ވިއްކަން ފަށައިފި

Jul 11, 2016

އެމްއެންޑީއެފް އިން އުފައްދާ އެކްޝަން ފިލްމް ކަމަށްވާ “ހާދަރު” ކުޅުދުއްފުށީގައ އެޅުވުމަށް ހަމަޖެހިފައިވާއިރު ފިލްމުގެ ޓިކެޓް ރޭ ދޫކުރަން ފަަށައިފި އެވެ.

ޓިކެޓް ދޫކުރަން ފަށާފައިވަނީ ރޭ ތިލަ ދެކުނު ސިނަމާގައި އެވެ. ޓިކެޓްގެ އަގަކީ 100 ރުފިޔާ ށެވެ.

ފިލްމު ޕްރިމިއާރ ކުރުމަށް ހަމަޖެހިފައިވަނީ ޖުލައި 16 ވަނަ ދުވަހު އެވެ. އެގޮތުން އޮލިމްޕަހުގެ ސްކްރީންގެ އިތުރުން އިތުރު ހަ ސަރަހައްދެއްގައިވެސް އެ ފިލްމު ދެއްކުމަށް ވަނީ ހަމަޖެހިފައި އެވެ. އެއީ ކުޅުދުއްފުށީގެ އިތުރުން ޅ.ނައިފަރު، ލ.ގަން، ލ.ފޮނަދޫ، ސ.ހިތަދޫ، އަދި ސ.މަަރަދޫގަ އެވެ.

މި ފިލްމުގައި މުހިއްމު ރޯލެއް އަދާކުރާ ޝަބާނާއަކީ ކުޅުދުފުއްޓަށް އުފަން ތަރިއެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355