twitterviber whatsapp telegramfacebookyoutube instagram
9th September 2025

ސައިފް އަދި ކަރީނާ އަށް ފިރިހެން ކުއްޖެ ލިބެނީ

Jul 13, 2016

އިންޑިއާގައި ލިބެނީ ކޮން ކަހަލަ ކުއްޖޭތޯ ބެލުމަކީ މަނާކަމެކެވެ. ނަމަވެސް ޔޫކޭ ގައި އެއީ މަނާކަމެއް ނޫނެވެ.

މިހާރު މިއިވޭ އަޑުތަކަކީ ތެދު ހަބަރެއް ކަމަގައިވާނަމަ ސައިފް އަލީ ހާން އަދި ކަރީނާ ކަޕޫރު މިވަނީ ލަންޑަންއަށް ގޮށްސަ އެވެ. އަދި އެތަނުގެ ޑޮކްޓަރުން މިވަނީ ސައިފް އަދި ކަރީނާއަށް ލިބޭނީ ފިރިހެން ކުއްޖެ ކަމުގައި ބުނެފައެވެ.

ކަރީނާ މިހާރު އުޅެނީވެސް މީޑިއާ އާ ފިލައިގެންނެވެ. ސަބަބަކީ ކަރީނާ ބަނޑުބޮޑު އިރުގެ ފޮޓޯއެއް މީޑިއާ މީހުން ނަގަން ބޭނުން ނުވާތީއެވެ.

ކަރީނާ ކަޕޫރް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ފިލްމް ކީ އެންޑް ކާ އިންނެވެ. އަދި ދެން އެންމެ އަވަހަށް ފެނިގެން ދާނީ ވީރު ޑި ވެޑިން އިން ސޯނަމް ކަޕޫރު އާއި އެކުއެވެ. މި ފިލްމްގައި ކަރީނާ ފެނިގެން ދާނީވެސް ބަނޑުބޮޑު މީހެއްގެ ރޯލުން ނެވެ.

މީގެ އިތުރުން ސައިފް އަލީ ހާން ދެން އެންމެ އަވަހަށް ފެންނާނީ ވިޝާލް ބަރަދްވާޖެގެ ރަންގޫން އިންނެވެ. މި ފިލްމްގައި ސައިފް ކުޅެނީ 1940 އަހަރު ތަކުގެ ޑައިރެކްޓަރެއްގެ ރޯލެވެ. މި ފިލމުން ކަރީނާގެ ކުރީގެ ލޯބިވެރިޔާ ޝާހިދު ކަޕޫރު ގެ އިތުރުން ދެން ފެނިގެން ދާނީ ކަންގަނާ ރާނާވަޓް އެވެ. އަދި މިއީ މިދެތަރިންނާއި އެކު ސައިފް މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355