twitterviber whatsapp telegramfacebookyoutube instagram
8th April 2026

ޓްރިޕަލް އެކްސް ދަ ރިޓާން އޮފް ޒެންޑާ ކޭޖްގެ ގެ ޓްރެއިލާ އާއްމުކޮށްފި

Jul 20, 2016

ބޮލީވުޑް ގެ މަޝްހޫރު ބަތަލާއެއް ކަމަށްވާ ދިޕިކާ ޕަދުކޯން މުހިއްމު ރޯލުން ފެނިގެންދާ ޓްރިޕަލް އެކްސް ދަ ރިޓާން އޮފް ޒެންޑާ ކޭޖް ގެ ޓްރެއިލާ މިވަނީ ބެލުންތެރިންނަށް އާއްމުކޮށްފައެވެ.

ގިނަބަޔަކު އައީ ދިޕިކާގެ ފުރަތަމަ ހޮލީވުޑްގެ ޓްރެއިލާ އަށް އިންތިޒާރު ކުރަމުންނެވެ. މިހާރު މިއޮތީ ފިލްމް ހަދާ މީހުން ޓްރިޕްްލް އެކްސް ދަ ރިޓާން އޮފް ޒެންޑާ ކޭޖް ގެ ޓްރެއިލާ ރިލީސް ކޮށްފައެވެ.

މި ފިލްމް އަންނަ އަހަރު ޖެނުއަރީ 20 ގަ އަޅުވަން ހަމަޖެހިފައިވާއިރު މިއީ މި ފިލްމްގެ ފުރަތަމަ ޓްރެއިލާ އެވެ. ޓްރެއިލާ ބަލާފައި ފިލްމް ވަރަށް ވެސް ފުރިހަމަ ވާނެކަން ޔަގީނެވެ. ފިލްމްގައި ތަފާތު އެކްޝަން އަދި ސްޓަންޓްގެ ތަފާތު މަންޒަރު ފެނިގެންދާއިރު ލޯބީގެ މަންޒަރުތައްވެސް ފެނިގެންދާނެއެވެ.

ދިޕިކާ ޕަދުކޯން ބޭރުގެ ގައުމުތަކުގެ އިތުރުން އިންޑިއާގައިވެސް މި ފިލްމް ޕްރޮމޯޓް ކުރާނެއެވެ. ދިޕިކާގެ އިތުރުން ފިލްމްގައި މުހިއްމު ރޯލްތައް ކުޅޭ ވިން ޑީސެލް، ނީނާ ޑޮބްރެވް، ރޫބޯ ރޯސް، ކްރިސް ވޫ، ޑީޖޭ ކަރޫސޯ އިންޑިއާގެ މި ފިލްމް ޕްރޮމޯޓް ކުރަން އަންނާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355