twitterviber whatsapp telegramfacebookyoutube instagram
5th January 2026

ޖަޕާނުން އެންމެ ފަހުގެ ވީސީއާރު ޓޭޕް ހަދަނީ

Jul 21, 2016

ޔޫޓިއުބް އަދި ނެޓްފްލިކްސް ބޭނުން ކުރާ ޒަމާނުގައި ވީޑިއޯ ކެސެޓް މިވަނީ އާސާރީ ތަކެއްޗަށް ވެފައެވެ. މިހާރު ޖަޕާނުގެ ވީސީއާރު ހަދާ ކުންފުނިން މިވަނީ ހަތަރު ޑިކޭޑަށް ފަހު ޓޭޕް ރެކޯޑިން ހަދަން ނިންމާލާފައެވެ.

ޖަޕާނުގެ ނިކާއީ ނޫހުގައި ވާ ގޮތުން ކޮންސިއުމާ އިލެކްޓްރޯނިކް ކުންފުންޏެއް ކަމަށްވާ ފުނާއި އިލެކްޓްރިކް ކުންފުނިން މިމަސް ނިމޭ އިރަށް ފޯމެޓް ބަދަލު ކުރާނެ އެވެ.

މި ކުންފުނިން ވީސީއާރް 1983 ވަނަ އަހަރުން ފެށިގެން އެ ކުންފުނިން ދަނީ ވީސީއާރު ވިއްކަމުން ނެވެ. އަދި ވީސީއާރުގެ ޒަމާނުގައި 15 މިލިއަން ކޮންމެ އަހަރަކު ވިކެއެވެ. ވީޑިއޯ ޓޭޕް ހަދަން ފެށުނީ 1950 ގެ އަހަރު ތަކުގައެވެ.

ޑީވީޑީ އަދި ފަހުން އިންޓަނެޓް ވީޑިއޯ ވަނީ ތައާރަފް ވެފައެވެ. މި އެއްޗެހި ތައާރްފް ވި ފަހުން މީހުން އާއްމުކޮށް ރެކޯޑްކޮށް އުޅެނީ ޑީވީޑީތަކުގައެވެ.

އާ ވީސީއާރެއް ގަތުމަށް މިހާރު ޔޫކޭގައި އުނދަގޫ ކަމަކަށް ވިޔަސް މިހާރް ބޭނުންކޮށްފައި ހުންނަ އެއްޗެހި މާކެޓް ތަކުގައި ވަރަށް ހިނގައެވެ. ސަބަބަކީ ވީސީއާރް ތަކުގައި ހުންނަ ފިލްމް ޑީވީޑީ އަށް ބަދަލު ނުކުރާތީއެވެ. ޖަޕާނުގައި ވީޑިއޯ ޓޭޕް މިހާރުވެސް ފަސޭހައިން ލިބެއެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355