twitterviber whatsapp telegramfacebookyoutube instagram
4th May 2024

ކަބާލީ 3 ދުވަސް ތެރޭގައި 100 ކަރޯޑް

Jul 25, 2016

ރަޖްނިކާންތް ގެ ފިލްމް ކަބާލީ އެޅުވިތާ މިވީ އަދި އެންމެ 3 ދުވަހެވެ. އެންމެ 3 ދުވަސް ތެރޭގައި ކަބާލީ މިވަނީ 100 ކަރޯޑް ހޯދާފައެވެ.

ރަޖްނީކާންތްގެ ކަބާލީ މިހާރު މިވަނީ ބޮކްސް އޮފީހުގައި ރެކޯޑްތައް މުގުރަން ފަށާފައެވެ. އެއީ އިންޑިއާ އަދި އިންޑިއާގެ ބޭރުގެ ގައުމުތަކުންނެވެ. ޓަމިލް ނާޑޫ އަދި ކެރެލާގައި ފޭނުން ކިއު ހަދާގެން ތިއޭޓަރުގެ ބޭރުގައި އަގު ބޮޑުކޮށް ޓިކެޓް ގަނެގެން ފިލްމް ބަލަންވެސް ތިބީ ތައްޔާރަށެވެ.

ފުރަތަމަދުވަހު ފިލްމް 87 ކަރޯޑް ހޯދާފައިވާއިރު ދެވަނަ ދުވަހު ހަމައެކަނި ނޯތް އިންޑިއާ އިން މިވަނީ 11.5 ކަރޯޑް ހޯދާފައެވެ.

މިފިލްމް މިވަނީ ސަލްމާން ހާންގެ ފިލްމް ސުލްތާންގެ ފުރަތަމަ ދުވަހުގެ ރެކޯޑްވެސް މުގުރާލާފައެވެ. އެއީ ފުަރަތަމަ ދުވަހު 42 ކަރޯޑް ގެ ނެޓް ކަލެކްޝަނެއް ހޯދައިގެންނެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355