twitterviber whatsapp telegramfacebookyoutube instagram
22nd November 2026

އޭއެލްއެސް ބައްޔަށް ފަރުވާ ހޯދުމުގެ ގޮތުން ކުޅުނު އައިސް ބަކެޓް ޗެލެންޖްގެ ނަތީޖާ ފެންނަނީ

Jul 30, 2016

އައިސް ބަކެޓް ޗެލެންޖަކީ 2014 ވަނަ އަހަރު ނާރުގެ ބައްޔެއްކަމަށް އެމިޔޯޓްރޮފިކް ލެޓިރަލް ސްކްލީރޯސިސް އަށް މީހުން ހޭލުން ތެރި ކުރުމުގެ ގޮތުން ފެށި ޗެލެންޖެކެވެ.

މިއީ މި ބައްޔަށް ފަރުވާއެއް ހޯދުމަށް ފައިސާ އެއް ކުރުމަށް ފެށި ކުޅިވަރެކެވެ. މި ޗެލެންޖްގެ ސަބަބުން 115 މިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ.

މި ޗެލެންޖުން ލިބުނު ފައިސާ އެ ބައްޔަށް ފަރުވާއެއް ހޯދުމަށް ސައިންސްވެރިން ކުރާ މަސައްކަތަ ވަނީ ހަދިޔާ ކޮށްފައެވެ. އަދި މިހާރު ބަލި ފަތުރާ ޖީން އެއް ކަމަށްވާ އެންއީކޭ 1 ސައިންސް ވެރިން ވަނީ ހޯދާފައެވެ.

މި ބައްޔަކީ ނާރުތަކަށް ޖެހޭ ބައްޔެކެވެ. މިބަލީގެ އަލާމާތްތަކުގެ ތެރޭގައި ހިނގަން އުނދަގޫވެއެެ. އަދި ބައެއް ފަހަރު ވާހަކަ ދެއްކުމަށްވެސް އުނދަގޫވެއެވެ. އަދި ނޭވާ ލުމަށްވެސް ދަތިތަކެއް ކުރިމަތިކުރުވަ އެވެ.

މި މުބާރާތުގައި 17 މިލިއަނެއްހާ މީހުން ބައިވެރިވެފައިވެ އެވެ. އަދި މި މުބާރާތުގައި ކުރީގެ އެމެރިކާ ގެ ރައީސް ޖޯޖު ބުޝް ވެސް ވަނީ ބައިވެރިވެފެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293