twitterviber whatsapp telegramfacebookyoutube instagram
21st June 2026

ޑަބަންގް 3 ގައިވެސް ސޮނާކްޝީ

Jul 30, 2016

ޑަބަންގް ގެ ސީރީސް ގެ ކުރީގެ ދެ ފިލްމްގައި ބަތަލާގެ ރޯލުން ސަލްމާން އެކީ ފެނިފައިވަނީ ސޮނާކްޝީ ސިންހަ އެވެ.

އަނެއްކާވެސް މިއޮތީ މިދެތަރިންގެ ފޭނުންނަސް އުފާވެރި ހަބަރެކެވެ. ޑަބަންގް 3 ގައިވެސް ސަލްމާން ހާން އެކީ ފެނިގެން ދާނީ ސޮނާކްޝީ ސިންހާ ކަމަށް ފިލްމް ގެ ޕްރޮޑިއުސާ އަރްބާޒް ހާން ކަށަވަރުކޮށް ދީފިއެވެ.

ނަމަވެސް އަރްބާޒް ބުނާގޮތުގައި ސޮނާކްޝީގެ އިތުރުން އެހެން ބަތަލާ އެއް ފެނުމަކީވެސް އެކަށީގެން ވާކަމެކެވެ.

ކުރިން އަޑު ފެތުރިފާވާ ގޮތުން ޑަބަންގް 3 ސޮނާކްޝީގެ ރޯލުން ފެނިގެންދާނީ ޕަރިނީތީ ޗޯޕްރާ އެވެ. ނަމަވެސް އަރްބާޒު މިވަނީ ޑަބަންގް ގެ މިފަހަރުގެ ފިލްމުންވެސް ފެންނާނީ ސޮނާކްޝީކަމަށް ބުނެފައެވެ.

މިފިލްމް ބެލުންތެރިންނާ ހިސާބަށް މިއަންނަ އަހަރު މެދުތެރޭގައި ފެނިގެނދާނެ ކަމަށް އަރުބާޒް ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355