ގިނަ ދުވަސްތަކަކަށް ފަހު ކުރީގެ ދެ ލޯބިވެރިން ކަމަށްވާ ސަލްމާން އަދި ކެޓްރީނާ މިވަނީ އެކުގައި ފެންނާނެ ކަމަށް ރިޕޯޓް ތަކުން ބުނެފައެވެ.
ނަމަވެސް މިފަހަރު ފެނިގެން ދާނީ ފިލްމަކުން ނޫނެވެ. އިޝްތިހާރަކުން ނެވެ. ދެ މީހުން ކުޅެން ހަމަޖެހިފައި ވަނީ ސްޕްލޭޝް ބްރޭންޑް ގެ އިސްތިހާރެކެވެ.އިސްތިހާރު ކުޅޭނެ ކަމަށް ކަށަވަރުކޮށްދީފައި ވަނީ ސްޕްލޭޝް ބްރޭންޑުން ކޮށްފައިވާ ޓްވީޓަކުންނެވެ.
ސަލްމާން އަދި ކެޓްރީނާ އެންމެ ފަހުން އެކުގައި ފެނިފައިވަނީ 2012 ވަނަ އަހަރު ނިކުތް ފިލްމް އެކް ތާ ޓައިގަރ އިންނެވެ. ކެޓްރީނާ ވަނީ ރަންބީރު ކަޕޫރް އާ ރުޅި ފަހުން އެކި އެކި އިވެންޓް ތަކުން ސަލްމާން އާއި އެކު ފެނިގެން ގޮށްސައެވެ.
ސަލްމާން ހާން ދެން އެންމެ އަވަހަށްފެނިގެން ދާނީ ޓިއުބް ލައިޓް ކިޔާ ފިލްމަކުންނެވެ.