twitterviber whatsapp telegramfacebookyoutube instagram
21st June 2026

ޑަބަންގް 3 ގައި ސޮނާކްޝީގެ އިތުރުން އެހެން ބަތަލާއެއް ފެނިގެން ދާތީ ކަންބޮޑުވެފައި

Aug 10, 2016

މީގެ ދުވަސްކޮޅެއް ކުރިން އަރްބާޒް ހާން ވަނީ ޑަބަންގް 3 ގައި ސޮނާކްޝީ ފެނިގެން ދާނެކަމަށް ބުނެފައެވެ. ނަމަވެސް މި ފިލްމްގައި ސޮނާކްޝީގެ އިތުރުން އެހެން ބަތަލާއެއް ފެނިގެން ދާތީ ސޮނާކްޝީ ހުރީ ކަންބޮޑުވެފައެވެ.

ބޮލީވުޑްގެ ހަބަރުތައް ބުނާގޮތުން ސޮނާކްޝީގެ އިތުރުން ދެން ފެނިގެންދާ ބަތަލާގެ ރޯލު މާ ވަރުގަދަ އެވެ. މި ފިލްމުން ދެން ފެނިގެން ދާނެ ބަތަލާ ހޯދަމުން ދަނީ ސަލްމާން އަމިއްލަ އަށެވެ. އަދި އެއީ މިހާރު ބޮލީވުޑް ގައި ފިޔަ ޖަހަމުން އަންނަ ތަރިއެއް ނުވަތަ އާ ތަރިއެއް ކަމެއް އަދި އެއް ނޭނގެއެވެ.

މި ފިލްމް ގައި ވެސް ސޮނާކްޝީ ފެނިގެން ދަނީ ކުރިންވެސް ޑަބަންގް ގެ ފިލްމް ތަކުން ފެނިގެން ދިޔަ ފަދަ ރޯލަކުންނެވެ. މި ފިލްމްގައި ދެން ފެނިގެންދާ ބަތަލާ ގެ ރޯލުގައި ސަލްމާން އެކީ ސްޓަންޓް ހަދާ މަންޒަރު ފެނިގެންދާނެއެވެ. މިކަމުގެ ސަބަބުން ސޮނާކްޝީ ހުރީ ކަންބޮޑުވެފައެވެ. ސޮނާކްޝީ އަރުބާޒް އާ ވެސް ސޮނާކްޝީގެ ރޯލު ވަރުގަދަ ކުރުމަށް ވާހަކަ ވެސް ދައްކާފައެވެ.

ދަބަންގް 3 ގެ ޝޫޓިން ސަލްމާން މިހާރު ކުޅޭ ފިލްމް ޓިއުބްލައިޓް ނިމުންހާ އަވަހަކަށް ފަށާނެއެވެ. މިޙާރު ހުރިހާ އެންމެންވެސް އިންތިޒާ ކުރަމުންދަނީ ޑަބަންގް 3 އިން ދެން ފެނިގެން ދާނެ ބަތަލާ އަކަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355