twitterviber whatsapp telegramfacebookyoutube instagram
3rd December 2020

އަގު ބޮޑެތި ޕްރޮޑަކްޓްތަކުގެ ބަދަލުގައި މި ފޭސް ޕެކް ބޭނުން ކޮށްލާ

Aug 23, 2016

ކިތަންމެ އަގުބޮޑުނަމަ ވެސް ކޮސްމެޓިކްސް އެއްޗެއްސަކީ އަންހެން ކުދިން ގަނެ ފޫހި ނުވާނެ އެއްޗެކެވެ. ތިމާގެ މޫނު އުޖާލާކުރުމަށް ހަރަދު ކުރުމަކީ މާބޮޑު ހަރަދެއްކަމަށް ގިނަ ކުދިން ނުދެކޭނެ އެވެ. ބަހެއް ކުދިން މަސްނޫއީ ކުލަތަށް ބޭނުން ކުރާއިރު އަނެއްބައި ކުދިން މަސައްކަތް ކުރާނީ ގުދުރަތުން ލިބިފައިވާ ރީތިކަން ދެމެހެއްޓުމަށެވެ. އެފަދަ ކުދިންނަށް މިއީ އުފާވެރި ހަބަރެކެވެ.

ކޮމްޕެނީތަކުން އުފައްދާ ޕްރޮޑަކްޓްތަކަކީ އޭގައި ހިމެނޭ ވިޓަމިންސް ތަކުގެ އިތުރުން ގިނަ އަދަދެއްގެ ކެމިކަލްސްވެސް ބޭނުންކޮށްގެން އުފައްދާ ޕްރޮޑަކްޓް ތަކެކެވެ. އެހެންކަމުން އެދެވޭ ނަތީޖާ އޮންނަނީ ގިނަފަަހަރު ނުފެނިފަ އެވެ. އޭގެ ބަދަލުގައި އަމިއްލަޔަށް ގޭގައި ފޭސް މާސްކެއް ތައްޔާރުކޮށް އަޖުމަ ބަލާލުން ކިހިނެތް ވާނެ ހެއްޔެވެ؟

ޕޭސް ޕެކް ތައްޔާރުކުރުމަށް ބޭނުން ވާ ތަކެތި:

– ލޮނިމެދު

– މާމުތް

– ވައިޓް ކްލޭ

ފޭސްޕެކް ތައްޔާރު ކުރުމަށް ތަކެތީގެ މިންވަރު ނަގާނީ އެބޭފުޅަކު ބޭނުންވާ އަދަދަކަށެވެ.

ފުރަތަމަ ލޮނުމެދުގެ ތޮށި ނޮޅާލާފައި ގާނާށެވެ. ގާނާނީ ފޭސްޓެއް ތައްޔާރުކޮށްލެވޭ ވަރަށެވެ. އެއަށްފަހު މާމުތް އަދި ނައިޓް ކްލޭ ކޮޅު އޭގެތެރެއަށް އެއްކޮށްލާށެވެ. ރަނގަޅަށް އެއްކޮށްލުމަށްފަހު ފޭސްޓު މޫނުގައި ހާކާށެވެ. ގާތްގަނޑަކަށް 10 މިނެޓް ބެހެއްޓުމަށްފަހު ފިނިފެނުން ދޮވެލާށެވެ.

މިއީ ކޮންމެ ދުވަހަކުވެސް ބޭނުން ކުރެވިދާނެ ޕޭސް މާސްކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355