twitterviber whatsapp telegramfacebookyoutube instagram
5th February 2025

ކެބެޖުން އެތައް ފައިދާއެއް

Sep 20, 2016

ކެބެޖަކީ ރާއްޖޭގައި ހައްދާ ރާއްޖެއިން ފަސޭހައިން ލިބޭނެ ބާވަތެކެވެ. ގިނަ ބަޔަކު ކެއުމުގައި ވެސް ބޭނުން ކުރާ ބާވަތެއްވެސް މެއެވެ. އެގޮތުން ކެބެޖަކީ ގިނަ ބަލިތަކެއްވެސް ފަރުވާއެކެވެ.

ހިތުގެ ބަލިތަކުން ދުރުކޮށްދޭ

ބެލްޑް ޕްރެޝާދަށްކޮށް ހިތުގެ ބަލިތަށް ޖެހުމަށް މަގުފައިވާ ކަންކަން ގަވައިދުން ކެއުމުގައި ކެބެޖް ހިމަނާނަމަ ދުރުކޮށްދެއެވެ.

އެގޮތުން ލެޓިއުސް ފަތުގެ ބަދަލުގައި ސެލެޑްގައިވެސް ކެބެޖު ބޭނުން ކުރާށެވެ. ނުވަތަ ކޮންމެ ދުވަހަކުގެ ކެއުމުގައި ކެބެޖްފަތް ކައްކައިގެން ބޭނުން ކުރާށެވެ.

ހަކުުރު ބަލި ޖެހިފަ ތިބޭ މީހުންނަށް ފަރުވާއެއް

ހަކުރު ބަލި ޖެހިފަ ތިބޭ މީހުން ކޮންމެ ހަފްތާއަކު 3 ފަހަރު ސައިޑް ޑިޝް އެއްގެ ގޮތުގައި ކެބެޖް ބޭނުން ކުރެވިދާނެ އެވެ. ނުވަތަ ކޮންމެ ދުވަހަކު 2 ފަހަރު ކެބެޖް ޖޫސް ބޭނުން ކުރެވިދާނެ އެވެ. މީގެ ސަބަބުން ހަކުުރު މިންވަރު އެއްވަރެއްގައި އެހީތެރިވެ އެވެ.

ހަލާކުވެފައި ހުންނަ ތަންތަން އަވަަހަށް ރަނގަޅުކޮށް ދޭ

ހަލާކުވެފައި ނުވަތަ ތަދުވާތަންތަނަށް ވެސް މިއީ ރަނގަޅު ފަރުވާ އެކެވެ. އެގޮތުން ކެބެޖު ފަތް ރީތިކޮށް ދޮވެފައި ހަލާކުވެފައި ނުވަތަ ތަދުވެފައިވާ ތަނެއްގައި ފަތް ރީތިކޮށް އަޅާފައި ބެންޑޭޖު ކޮށްލާށެވެ. މިގޮތަށް ކޮންމެ ރެޔަކުވެސް ނިދުމުގެ ކުރިން ކަންތައްކުރާށެވެ. ތަދުތަށް ވަރަށް އަވަހަށް ފަސޭހަ ވާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355