twitterviber whatsapp telegramfacebookyoutube instagram
20th April 2025

ތޫތު މޭވާ އިން ގިނަ ފައިދާ ތަކެއް ލިބޭ

Aug 29, 2016
1

– ނަސްވާ ހަސަން

ގިނަ ބަޔަކަށް ތޫތު މޭވާ އޭ ބުނުމުން އެއީ ކޯޗެއްކަން އިގުނަސް ތޫތު މޭވާ އިން ގިނަ ފައިދާ ތަކެއް ލިބޭކަމެއް ނޭނގެ އެވެ.

ތޫތު މޭވާ އަކީ ޗައިނާގަ އާންމު މޭވާ އެކެވެ. ރާއްޖޭގައިވެސް އާންމު މޭވާ އެކެވެ. ތޫތު މޭވާއިން ލިބޭ ފައިދާ ތަކުގެ ތެރޭގައި ލޭމައްޗަށް ދިއުން، ރޯގާޖެހުން، ހަކުރު ބަލި، ބޮލުން އިސްތަށި ފޭބުން، ބޯއެބުރުން، ހުޅު ތަކުގަ ރިއްސުން އަދި ކޮލެސްޓްރޯލް ލެވެލް މައްޗަށް ދިޔުމުން ފަދަ ކަަންތަކުން ދުރު ކޮށްދެއެވެ.

ތޫތު މޭވާގައި ގިނަ އަދަދަކަށް ވިޓަމިން ސީ، ވިޓަމިން ބީ،ވިޓަމިން ކޭ، ޕޮޓޭސިއަމް އަދި އަޔަން ވެސް ހިމެނެއެވެ. ތޫތު މޭވާގައި ހަކުރު ބައްޔަށް ބޭނުން ކުރާ ދެ ބޭހެއްގައި އެކުލެވޭ މާއްދާއެއް ހިމެނެ އެވެ. ގިނަ ހޯދުން ތަނުން އެގިގެންދާ ގޮތުގައި މި މޭވާ ލޭ ދައުރުކުރާ މިންވަރު އެއްވަރެއްގައި ހިފަހަށްޓައި ދެއެވެ.

ތައްޔާރީ ކާނާ ބޭނުން ކުރުމުން ކޮލެސްޓްރޯލް ލެވެލް މަތިވެ، ބަނޑު ތެރޭގައި ގޭސް އުފެދުން މިއީ ގިނަބަޔަކަށް ތަހައްމަލު ކުރަން ޖެހިފާވައި ބައްޔެކެވެ. ތޫތު މޭވާ ގައި އެކުލެވޭ އެންޓިއޮކްސިޓެންޑްގެ ސަބަބުން ލޭގައި އެކުލެވޭ ކޮލެސްޓްރޯލް ލެވެލް ދަށް ކޮށްދީ، ލޭ ސާފު ކޮށް ލޭ ދައުރު ކޮށްދިނުމަށް ފަސޭހަ ކޮށްދެއެވެ.

މީގެ އިތުރުން ވެސް ތޫތު މޭވާއިން ލިބޭ ގިނަ ފައިދާ ތަކެއްވެއެވެ. މިޒަމާނަކީ ފޯން އަދި ކޮމްޕިއުޓަރުން ގިނަ މަސައްކަތް ތަކެއް ކުރެއެވެ. ގިނަ ވަގުތު އެފަދަ ކަންކަމުގައި ހޭދަ ވުމުގެ ސަބަބުން ލޯ ހަލާކުވާކަށް މާގިނަ ދުވަސްތަކެއް ނުނަގައެވެ. ތޫތު މޭވާގައި ހިމެނޭ ވިޓަމިން އޭގެ ސަބަބުން ލޮލުގެ ބާރުދައްވުމުން ސަލާމަތް ކޮށްދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355