twitterviber whatsapp telegramfacebookyoutube instagram
26th April 2024

ބުރިކަށީގަ ރިއްސާނަމަ ކުރެވިދާނެ 3 ކަމެއް

Sep 1, 2016

– ނަސްވާ ހަސަން

ބުރިކަށީގަ ރިއްސުމަކީ އުމުރުގެ ކޮންމެ ހިސާބެއްގައި ކޮންމެ މީހަކަން ވެސް ދިމާވާ ކަމެކެވެ. ޑޮކްޓަރަން ދެއްކުމަށް މީހުން އާންމު ކޮށްދާ އެއް ސަބަބަކީވެސް ބުރިކަށީގަ ރިހުމެވެ.

ބުރިކަށީގަ ރިއްސާނަމަ ކެއުމަށް ވެސް ބަދަލުތަކެއް ގެނައުން މުހިންމެވެ. ބަރުދަން ކުއްލިޔަކަށް ބަރުވެ، މީހާ ކަންނެއް ވުމުގެ ސަބަބުންވެސް ބުރިކަށީގަ ރިއްސާތަން އާދެއެވެ. ނުކައި ބަރުދަން ލުއި ކުރުމުގެ ބަދަލުގައި ކެމުގައި ތަރުކާރީ ކޮޅެއް އިތުރުކޮށް ލާށެވެ. އަދި ކެއުމުގައި ބޭނުން ކުރެވޭ ހަކުރު މަދުކޮށްލާށެވެ. ހަކުރު މަދުކޮށްލުމުން ހަށިގަނޑު ވަރަށް އަވަހަން ވަރުބަލި ވާކަން ފާހަގަ ކުރެވެން ފެށުމުން ދުވާލަކު 30މިނެޓް ކަސްރަތު ކޮށްލާށެވެ. ހަފްތާ މިގޮތަން ކަންތައް ކޮށްލުމުން މިކަމަން އާދަވެ ހަށިގަނޑުން ބަދަލު ފެންނާނެއެވެ.

އިށީދެ އެއްތާކު އިނުން ދޫކޮންލާށެވެ. ހަށިގަނޑަށް ކޮންމެ އެއްގަޑި އިރަކުން ފަސް ވަރަކަށް މިނެޓްގެ ކަސްރަތު ދޭށެވެ. އިށީދެ ގިނައިރު އިނުމުގެ ސަބަބުން ހަށިގަނޑުގެ މަސްތަކުގެ ހަރަކާތް ހުއްޓި، މެޓަބޮލިޒަމް ރޭޓް ދަށްވެ، އިތުރު އެހެން ބަލިތަށް ޖެހުމުގެ މަގު ހުޅުވިގެން ދެޔެވެ. އެގޮތުން ހަކުރު ބަލި އަދި މާބޮޑަން ފަލަވެ ހެލިނުލެވިފަ ތިބެން ޖެހޭތަން ފެނެއެވެ. އެހެން ވުމުން އިށީދެ ގިނަ އިރު އިނުމުގެ ބަދަލުގާ އިރުކޮޅަކު ހިނގާލާށެވެ.

ހިނގާ، އިށީދެ އުޅޭއިރު ބުރިކަށި ތެދުކޮން ހުރުންމީ ވަރަން މުހިންމު ކަމެކެވެ. މިޒަމާނުގައި އާންމުކޮށް ކުދިން ހިނގާއިރު ގުދު ނިކުމެފަ ހުންނަ ތަން ފެނެއެވެ. އެއީ ހިނގާ، އިށީދެ އުޅޭއިރު ހަށިގަނޑުން ބާރުދޫކޮށް ލައިގެން ގުދު ނެރެގެން އިނުމުން ދިމާވާ ސަބަބެކެވެ. ލަސްނުވަނީސް މިކަމަށް ފަރުވާތެރިވާށެވެ. އިށީދެ އިންނަ އިރު ހަށިގަނޑު ދެތުކޮންލަން ހަދައިން ކޮށްލާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355