ގިނިސް ވޯލްޑް ރެކޯޑަކީ ކޮންމެ ހަފްތާއަކު ވީކްލީ ވީޑިއޯ ސީރީޒް އެއްގޮތަށް ދައްކަމުން އަންނަ އިޓަލިއަން ޝޯ އެވެ.
މި ޝޯގައި އާދަޔާ ހިލާފް، މީހުން ހައިރާން ކުރުވާ ވަރުގެ ޓެލެންޓްތައް ފެނިގެން ދެއެވެ. އެގޮތުން ދައްކާލަން މިއުޅެނީ އިންޑިޔާގެ ދެ ޒުވާނުން މި ޝޯގައި ކޮށްލި އާދަޔާ ހިލާފް ކަމެއްގެ ވާހަކަ އެވެ.
މި ހަފްތަގެ ޝޯގައި އިންޑިޔާގެ ދެ ޒުވާނުން ކަމަށްވާ ކަރަމްޖިތް ސިންގް އަދި ކަވަލްޖިތް ސިންގް އެމީހުންގެ ހުނަރު ދައްކާލާފައިވަނީ ގިނަ ބަޔަކު ނޭވާ ހިފަހައްޓާލައިގެން ތިއްބަ އެވެ.
އެ ޝޯ އިން އާންމުކޮށްފައިވާ ވީޑިއޯގައި ފެންނަނީ ކަރަމްޖިތް ސްޓޭޖް މަތީގައި އޮށޯތުމުން އޭނާ ވަށައިގެން ކާށި އަތުރާ މަންޒަރެވެ. އެއަށްފަހު ކަވަލްޖިތް ލޯ މައްޗަށް ލޮނު އަޅާ އެއްކޮށް ނިވާވާ ގޮތަށް ލޯމަތި ފޮތިގަނޑަކުން އައްސައެވެ. އެއަށްފަހު ބޮޑު މަރުތޭލައެއް ކަވަލްޖީތް އަތަށް ދެއެެވެ.
ޗެލެންޖަކީ ކަރަމްޖީތް ގައިގައި ނުޖަހަ ވަށައިގެން އަތުރާފައިވާ ކާށިތަށް ފެޅުމެވެ. އަދި ކާމިޔަބު ކަމާއެކު އެތައްބައެއް ހައިރާންކޮށްލާފައި އެމީހުންގެ ހުނަރުވެރިކަން ވަނީ ބެލުންތެރިންނަށް ދައްކާލާފަ އެެވެ.