twitterviber whatsapp telegramfacebookyoutube instagram
9th April 2026

ފިޒީ ޑުރިންކްސް ބުއިން ހުއްޓާލާ !

Sep 18, 2016

ފިޒީ ޑުރިންކްސް އެއްދުވަހު ނުބޮއެ ދޫކޮށްލުމުން ވެސް ހީނުކުރާ ފަދަ ފައިދާތަކެއް ހަށިގަނޑަށް ލިބެއެވެ.

އެންމެ މަގުބޫލު ކޮކާ ކޯލާ މިސާލަކަށް ނަގާނަމެވެ. 500މލ ގެ ކޮކާ ކޯލާ ފުޅިއެއްގަވެސް 210 މިންވަރަށް ކެލޮރީސް ހިމެނެ އެވެ. އެހެން ގޮތަކުން ބުނާނަމަ އެއީ ސަރުބީ އެވެ. ހިކެން ބޭނުންވާނަމަ ނުވަތަ ހަށިގަނޑަށް އިތުރު ގެއްލުމެއް ދިނުމުގެ ބަދަލުގައި މިކަންނަމަށް ސަމާލުވެލާ ށެވެ.

އޭގެ އިތުރުން ފިޒީޑުރިންކްސްގެ ސަބަބުން ދަތަށްވެސް ވަރަށް ގިނަ ގެއްލުން ތަކެއް ލިބެއެވެ. ދަތް ފަނިކެއުމުގެ އިތުރުން ދަތްތައް ގިރެން ފަށައެވެ. ދަތް ހަޑި ވުމުގެ ސަބަބުން މީހުން ތިބޭ ތަންތާ ހީލަން ނުކެރިފައި ހުންނަނަ ޖެހޭތަށް އެބަ ފެނެއެވެ.

ފިޒީޑުރިންކްސް ބުއިމުގެ ސަބަބުން ވިސްނުމުގެ ބާރު ދަށްކޮށްލަ އެވެ. މިހެން ވާން ދިމާ ވަނީ ސިކުޑީގައި އުފެދޭ ބީޑީއެންއެފް ނަމަކަށް ކިޔާ ސެލްސް ފިޒީޑުރިންކްސްގެ ސަބަބުންް ސެލްސް އުފެދުމަށް ހުރަސް އަޅަތީ އެވެ. ކިޔަވާ ކުދިންގެ އިންޓޯލްއަށް ފަސޭހަ ކޮށްލުމުގެ ގޮތުނަ މަދުން ނަމަވެސް ގެންދާތަން ފެނެއެވެ. އެކުދިންނަށް މިގޮތަށް ދެވޭ ކާނާ އެއްގެ ސަބަބުން ކިޔެވުމަށް އުދަނގޫތަކެއް ކުރެއެވެ. ފިޒީޑުރިންކްސް އަކީ ހަށިގަނޑަށް ދެވޭ ގެއްލުމެކެވެ.

ސައިންސްވެރިންގެ ހޯދުން ތަކުން އެނގޭ  ގޮތުގައި ފިޒީ ޑުރިންކްސް ބޮއެ އުޅެނީ ވަރުބަލިވުން ނުވަތަ ފޫހިވުމުންނެވެ. އެކަަމަކު ފިޒީޑުރިންކްސް ބުއިމުގެ ބަދަލުގައި ފެންފުޅި އެއް ބޯލުން ބުއްދިވެރިކަމަށް ހޯދުން ތަކުން ފެނިގެން ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355