twitterviber whatsapp telegramfacebookyoutube instagram
8th April 2026

ހޫނު ގަދަ ދުވަހެއްގައި މިތަނުން މޭވާއެއް ކާލާ

Jan 28, 2017

ރާއްޖެއަކީ އާންމުކޮށް ހޫނު ގަދަ ގައުމެކެވެ. މޫސުން ބަދަލުވާނެ އިރެއް ނޭނގޭނެ އެވެ. އާންމުކޮށް ވިއްސާރަ ދުވަސްވަރަކަށްވުރެ އަވި ދޭ ދުވަސްތަށް ގިނަ އެވެ.

ގިނައިރު އަވީގައި އުޅެން ޖެހުމުން ހަންގަނޑު އަދާ ހަމުގެ އެކި މައްސަލަ ޖެހޭގޮތް މެދުވެރި ވެއެވެ. އަދި ހޫނު ގަދަވުމުގެ ސަބަބުން ކަރު ހިއްކާ ޑީހައިޑްރޭޓް ވެއެވެ. މިކަންކަމުން ދުރުވުމަށް މި މޭވާތައް ކެއުމުގައި ހިމަނާށެވެ.

ރަތް މޭބިސްކަދުރު

ރަތް މޭބިސްކަދުރުގައި ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓް ހިމެނެއެވެ. މީގެ ސަބަބުން އެކި ކަހަލަ ކެންސަރު ޖެހުމުން ދުރުކޮށްދެ އެވެ. މީގެ އިތުުރުން މިއީ ހިތުގެ ބަލިތަކަށްވެސް ރަނގަޅު މޭވޭ އެކެވެ.

ކަރާ

ކަރާ އަކީ ފެންގިނަ މޭވާ އެވެ. ހާއްސަކޮށް ހޫނު ގަދަ ދުވަސްވަރަކު ގިނައިން ފެންބުއިމަކީ ވަރަށް މުހިއްމު ކަމެކެވެ. ކަރާގައި ގިނަ އަދަދަކަށް ވިޓަމިން އޭ، ސީ، ބީ6 އަދި ޕޮޓޭސިއަމް ހިމެނެ އެވެ. އެގޮތުން ވިޓަމިން އޭ އަކީ ލޮލުގެ ފެނުމަށް މުހިއްމު އެއްޗެކެވެ.

އަލަނާސި

އަލަނާސިއަކީ ގިނަ އަދަދަކަށް ކޮޕާ، މެގްނީސިއަމް ހިމެނޭ މޭވާ އެކެވެ. މީގެ އިތުރުން ފައިބާ ވެސް ހިމެނޭ މޭވާ އެކެވެ. އެގޮތުން ކޮޕާއަކީ ހިތަށާއި، ލިވާ، ކިޑްނީ އަދި ސިކުނޑިއަށް ވެސް މުހިއްމު މާއްދާއެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355