twitterviber whatsapp telegramfacebookyoutube instagram
21st June 2026

ފުލާވާ ކުރައުންސް، މިހާރު އަސްލު މާ މޫނުގަ

Sep 19, 2016

ފުލާވާ ކުރައުންސް ވަރަށް ކުރިންފެށިގެން ބޭނުން ކުރަމުން އައިސް މިހާރު މިވަނީ މޫނުގަ މާ ބޭނުންކޮށްގެން ޒީނަތްތެރި ކުރަން ފަށާފަ އެވެ.

ލަންޑަންގެ ޕުރީން ސްޕްރިންގް ސަމާ 2017 ފެޝަން ޝޯރ ގައި ތޮރޮންޓޮން ބުރެގަންޒީ ވަނީ ތަފާތު ގޮތަކަން މޫނުގަ އާއި ކަރުގަ މަލުންނާއި ފަތުން ޑިޒައިން ކޮށްފައެވެ.

 

ލިޕުސްޓިކްގެ ގޮތުގައި މާ ބޭނުންކޮށްފައި–

 

 

މަލުން ޑިޒައިން ކޮށްފައި ވަނީ މަލުގެ ކުލަ ނުދާނެ ގޮތަކަަށް ހިއްކާފަ އެވެ. ބައެއް މޮޑަލުން ވަނީ މާ ލިޕްސްޓިކް އެއް ގޮތުގައި ވެސް ބޭނުން ކޮށްފަ އެވެ. ސެޕްޓެންބަރ 18 ވަނަ ދުވަހު ބޭއްވި މި ޝޯރ ވަނީ ގިނަ ބަޔަކު ހައިރާން ކުރުވާފައި އެވެ.

މާ ބޭނުންކޮށްގެން ޑިޒައިން ހަދާލާފަ–

 

ވަރަށް ފަހުން މާމެއިޑް ކުރައުންވެސް ވަރަށް މަޝްހޫރުވި އެވެ. މާމެއިޑް ކުރައުން މިހާރުވެސް އަންނަނީ ކުރިއަރަމުން ނެވެ. މާމެއިޑް ކުރައުން ހަދާފައި ހުންނަނީ އެކިކަހަލަ ބޮލިންނައި މުރަކަ ބޭނުން ކޮށްގެނެވެ. އަދި އިތުރު ޒީނަތްތެރި ކަމެއް ގެނެސްދެނީ ބޭނުން ކޮށްފައި ހުންނަ މިނަލުންނާއި އެކިކަހަލަ ޑިސްކޯ އިން އެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355