twitterviber whatsapp telegramfacebookyoutube instagram
2nd May 2024

އެންޖެލީނާ އާއި ބުރެޑް ވަރިވެއްޖެ

Sep 21, 2016

ހޮލީވުޑްގެ މަޝްހޫރު ޖޯޑު އެންޖެލީނާ ޖޮލީ އާއި ބުރެޑް ޕިޓް ވަކިވެއްޖެ އެވެ.

ޕިޓާއި ޖޮލީ ވަކިވާން ބޭނުންވީ ޕިޓްގެ ފަރާތުން އާއިލާއަށް އަޅާލުމެއް ނުދެވުމުގެ ސަބަބުން ކަމަށް ހަބަރުތައް ބުނެ އެވެ.

އިންޓަނޭޝަނަލް ބިޒްނެސް ޓައިމް ނޫހުގެ ރިޕޯޓުގައި ވާ ގޮތުގައި އެދެމީހުން ލޯބީގެ ގޮތުން ގުޅިފައިވަނީ 2004 ވަނަ އަހަރުގައި އެވެ. އަދި ކައިވެނި ކޮށްފައި ވަނީ 10 އަހަރު ފަހުން 2014 ވަނަ އަހަރުގައި އެވެ. އާއިލާގައި ޖެހޭ މައްސަލަތަށް ފެންމަތިވެގެން ދަރިންނަށް އެކަމުގެ ނޭދެވޭ އަސަރުތަށް ކުރާތީ ޖޮލީ ބޭނުންވީ ވަރިވުމަށެވެ.

ދެމީހުންގެ ހަ ދަރިން ތިބޭއިރު 3 ކުދިންނަކީ އެޑޮޕްޓް ކޮށްފައިވާ ކުދިންނެވެ.

ޖޮލީ ފުރަތަމަ އެޑޮޕްޓް ކޮށްފައި ވަނީ 7 މަހުގައި މެޑޮކްސް އެއީ 2002 ވަނަ އަހަރުގަ އެވެ. ޖޮލީ ލޯބީގެ ގޮތުން އޭރު ގުޅިގެން އުޅުނީ މަޝްހޫރު ތަރި ބިލީ ބޮބް އާ އެވެ.

ދެވަނަ ކުއްޖަ އެޑޮޕްޓް ކޮށްފައި ވަނީ 2005 ވަނަ އަހަރުގައި ޒަހަރާ އެވެ. ޒަހަރާ އެޑޮޕްޓް ކުރިއިރު ޖޮލީ އާއި ޕިޓްގެ ގުލުމަށް ގިނަ ދުވަސްވެފައި ނުވި ނަމަވެސް ޒަހަރާ އެޑޮޕްޓް ކުރުމުގައި ޕިޓްގެ އެހީތެރިކަން ވަނީ ލިބިފަ އެވެ. ކައިވެނި ކުރުމުގެ ކުރިން 2006 ވަނަ އަހަރު ޝައިލޮހް ނަމަކަށްކިޔާ އަންހެން ކުއްޖެއް އެ ދެމީހުންނަށް ލިބުނެވެ.

އެއަށްފަހު ވިއެންޓަމްއިން 3 އަހަރުގެ ޕެކްސް އެޑޮޕްޓް ކޮށްފައިވަނީ 2007 ވަނަ އަހަރުގައި އެވެ. އެންމެ ފަހުން ދެމީހުންނަށް ލިބިފައިވަނީ ޓުވިންސް ދެކުދިން ވިވިއެން އަދި ކުނޮކްސް އެވެ. އެއީ ކައިވެނި ކުރުމުގެ ކުރިން 2008 ވަނަ އަހަރުގައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355