twitterviber whatsapp telegramfacebookyoutube instagram
2nd June 2026

ކެއްސާނަމަ މިއޮތީ އެކަމަށް އޮތް ފަރުވާ

Sep 25, 2016

ރޯގާ ޖެހި ކެއްސާ ކިނބިހި އެޅުމަކީ އާންމުކޮށް ޖެހޭ ބަލިތަކެވެ. ގިނަ މީހުންނަކީ ބޭސް ބޭނުންކުރަން ބޭނުންނުވާ މީހުންނެވެ. ވިކްސް އަކީ މިކަމަށް އޮތް ފަރުވާ އެކެވެ.

ކުޑަކުދިން ނުވަތަ ބޮޑެތި މީހުންވެސް ރޯގާ ޖެހުމުން ވިކްސް އާންމުކޮށް ހާކާނީ ނިތުގަ ނޫނީ މޭގަ އެވެ. އެކަމުގެ ބަދަލުގައި ކެއްސާ ކިނބިހި އަޅާނަމަ ނިދުމުގެ ކުރިން ފައިގަ ވިކްސް ލުމަށްފަހު އިސްޓާކީންޏަކަށް އެރުމުން ރަނގަޅު ކަމަށް ސައިންސްވެރިންގެ ހޯދުންތަކުން އެނގިގެން ދެއެވެ.

ކެއްސުމުގެ ސަބަބުން ސްޓްރެސްވުން އިތުރުވެ އެވެ. އެހެން ކަމަށްވާނަމަ ކެއްސުމަށް މިހާރުން ފެށިގެން ފަރުވާކުރަން ފަށާށެވެ.

ޑޮކްޓަރުން ލަފާދީފައިވާ ގޮތުގައި ކެއްސުން އިތުރު ވާނަމަ އެއީ އެހެން ބައްޔެއްގެ ސަބަބުން ދިމާވާ ކަމަކަށްވެސް ވެދާނެ ކަމަށެވެ. އެހެެންކަމުން މިކަންކަމަށް ސަމާލުވެލުމަށް ޑޮކްޓަރުން ލަފާދީފައިވެ އެވެ. އެގޮތުން ތިން ދުވަހަށް ވުރެ ކެއްސުން ދިގުވެގެންދާ ނަމަ އެއީ ހުން ކަމުގައި ވެގެންދެއެވެ. އަދި ނޭވާލާން އުނދަގޫވެ ކެއްސާ ހޮޑުލެވޭނަމަ ޑޮކްޓަރަށް ދައްކާލުން މުހިންމު ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355