ގިނަ ބަޔަކަށް އެގޭނެ ގޮތުގައި ދޮންކޭލަކީ އެއިން އަހަރެމެންގެ ހަށިގަނޑަށް ގިނަގުނަ ފައިދާ ލިބޭ މޭވާ އެކެވެ. ހާއްސަކޮށް ކިޔަވާކުދިންނަށް ހެނދުނު ސްކޫލަށް ދިއުމުގެ ކުރިން ދޮންކޭޔޮވަކަކާއި އެކު ކިރުތައްޓެއް ދިނުމަށް ބެލެނިވެރިންނަށް ހާއްސަ ސަމާލުކަމެއް ދެއެވެ. ސަބަބަކީ ދޮންކޭލަކީ ވިސްނުން ތޫނުކޮށްދިނުމަށް އެހީވެދޭ އެއްޗަކަށް ވާތީ އެވެ.
މީގެ އިތުރުން ދޮންކޭލަކީ ގިނައަދަދަކަށް ޕޮޓެންޝިއަމް ހިމެނޭ މޭވާ އެއްކަމުން ލޭ މައްޗަަށް ދާ ނަމަ މިއީ ކެއުމުގައި ހިމެނުމަށް ރަނގަޅު މޭވާ އެކެވެ. މީގެ އިތުރުން ވިޓަމިން ބީ6، ފައިބާ އަދި ވިޓަމިން ސީ ވެސް ގިނަ އަދަދަކަށް ދޮންކޭލުގައި ހިމެނެއެވެ. މިއީ ހިތަށް ބޭނުންވާނެ އެންމެ މޮޅު ނިއުޓްރިޝަން ޕެކޭޖެވެ.
ކެންސަރު ޖެހުމުން ދުރުކޮށްދެނީ ދޮންކޭލުގައި ހިމެނޭ ވިޓަމިން ސީ އެވެ. ވިޓަމިން ސީ އިން ކެންސަރުޖެހުމަށް މަގުފަހިވާ ހަށިގަނޑު ތެރޭގައި ހުންނަ ނުރައްކާތެރި ރެޑިކަލްސްތައް ނައްތާލަ އެވެ. މީގެ އިތުރުންވެސް ހަންގަނޑު ހުޅަހެޔޮކޮށް ބެހެއްޓުމާއި މުސްކުޅުވުމުން ދުރުކޮށްދޭ މޭވާތެރޭގައި ވެސް ދޮންކެޔޮ ހިމެނެއެވެ.
ދޮންކެޔޮ އެންމެ ރަނގަޅީ ކޮންމެ ދުވަހަކު 3 އިރު ކެއުމުންނެވެ. އެއީ ހެނދުނު އަދި މެންދުރާއި ރޭގަނޑުގެ ކެއުމަށްފަހު އެވެ.