ލޯބިވެރިޔާއާއި ނުވަތަ ފިރިމީހާއަކީ ބޭފަތެރިއެއްކަން އެގިހުރެ އަންހެނުން އެކީގައި އުޅެނީ ކީއްވެގެންކަން އެއީ ބައެއް މީހުންނަށް “އަންޑަސްޓޭންޑް” ވާން އުނދުގޫ ކަމެކެވެ. ބައެއް ފަހަރު ކަންކަން ފަޅާއެރުމުންވެސް ދުރުނުވެ އެކީގައި އުޅެން ބޭނުންވާ އަންހެނުން ގިނައެވެ. ސަބަބުތައް ވެސް ބައިވަރެވެ.
ދޮގުހެދުން ހުއްޓުން
ކަމެއް ފަޅާއެރުމުން އެކަންވީ ގޮތް އެގުމުން ފިރިމީހާ ނުވަތަ ލޯބިވެރިޔާ ހެދި ދޮގު ގެ ތެދަކީ ކޮބާކަން އެނގެއެވެ. އެހެންކަމުން ތެދު ހާމަވުމުން ދެން ގަބޫލް ކުރެވެނީ ދޮގެއް ނުހަދާނެ ކަމަށެވެ. ނުވަތަ އެކަން ތަކުރާރު ނުވާނެ ކަމަށެވެ. އެއީ ދެވަނަ ފުރުސަތެއް ދެވޭ ހިސާބެވެ.
ލޯބި ވާތީ
ފިރިހެނުންނާއި ހިލާފަށް ގިނަ އަންހެނުންނަނީ ކަންކަމުން ފަސޭހައިން އަރައިގެނެވޭ ބައެއް ނޫނެވެ. ވެފައި ހުންނަ ދެރައިން ވަކިވާން ހިތަށް އަރާފާނެއެވެ. އެހެންނަމަވެސް ލޯބިވާ މިހަކާއި ވަކިން އުޅުމަކީ އަދި އެމީހުންނަށް މާއުނދަގު ކަމަކަށް ވެއެވެ. އެހެންކަމުން މާފުކޮށް ދެމީހުން އެކީ އައުފެށުމަކުން ފަށަން ބޭނުން ވެއެވެ.
އަމިއްލަ ނަފްސު ކުށްވެރި ކުރެވުން
ފިރިމީހާ ނުވަތަ ލޯބިވެރިޔާ ބޭވަފާތެރި ވެއްޖެނަމަ އެމީހުން އެގޮތަށް އެކަންކުރީ ތިމާގެ އުނި ސިފައަކުން ކަމަށް ގިނަ އަންހެނުން ގަބޫލްކުރެއެވެ. ތިމާއަށް ކޮންމެވެސް ކަމެއް ގޯސްކޮށް ކުރެވުނީ ކަމަށް ގަބޫލްކުރެ އެވެ. އެހެންކަމުން ހަމައެކަނި ލޯބިވެރިޔާއަށް އިނގިލި ދިއް ކުރަން ބައެއް އަންހެނުން ބޭނުން ނުވަނީ އެވެ.
އާދޭސް ކުރާތީ
ގިނަ ފިރިހެނުން ލޯބިވެރިޔާއަށް ނުވަތަ އަނބިމީހަށް ބޭވަފާތެރި ވަނީ ލޯބި ނުވާތީއެއް ނޫނެވެ. ބައިވެރިޔާދެކެ ހަގީގީ ލޯބި ވީނަމަވެސް ބައެއް ފިރިހެނުން އެގޮތަށް އުޅެނީ އާ ކަމެއް “އެކްސްޕީރިއެންސް” ކޮށް ލުމަށް ނުވަތަ ފޫހި ވުމުން ކުރާ ކަމެއް ގޮތަށެވެ. ބޭވަފާތެރިކަން ފަޅާއެރި ނަމަވެސް ބައިވެރިޔާއާއި ދުރަށްދާ ފިރިހެނުން ބޭނުން ނުވަނީ މިހެންވެއެވެ. އެހެން ކަމުން ވަކިނުވުމަށް އާދޭސް ކުރެވޭތަން އާދެއެވެ.