twitterviber whatsapp telegramfacebookyoutube instagram
2nd June 2026

ކާރުގައި އިން ކޫރުމެއް ފުހެލުމަށް ބުނުމުން އަނބިމީހާ މުޅި ކާރުގައި ކުރަހައިފި

Oct 20, 2016

އެކި މީހުންގެ ލިބިފައި ހުންނަނީ އެކިކަލަ ހުނަރެވެ. އެ ހުނަރު ދައްކާލުމުގެ ފުރުސަތުވެސް ލިބެނީ މަދު ބަޔަކަށެވެ.

އަންހެނުންނަކީ ކުރަހަން މޮޅު މީހެއްކަން އެނގިހުރެ ފިރިމީހާ އޭނަގެ އަންހެނުން ކައިރި އެދުނީ ކާރުގެ ފަހަތުގައި ކޫރުމެއް އެޅިފައި ހުރުމުން އެކޫރުން ފިލުވައި ދިނުމަށެވެ. އަންކެނުން އެހެން ބުނުމާއެކު ބުނި ކަންތަށް ކުރަން ފެށިއެވެ. ފިރިމީހާއަށް ކާރު ފެނުނު އިރު ހުރީ ޕާމަނެންޓް މާކަރަކުން ރީތި ގޮތަކަށް ކުރަހާފަ އެވެ. ހަބަރު ތަކުން ބުނެފައިވާ ގޮތުގައި ފިރިމީހާ އަށް ކުރެހުން ފެނިފައި ލިބުނީ ކުއްލި ހައިރާން ކަމަކާއި ހިތްހަމަޖެހުމެކެވެ.

ފިރިމީހާގެ ނިސާން ސްކައިލައިން ގީޓީއާރް ގެ އަޅި ކުލަ އޭނައަކަށް ކުރިންވެސް ކަމަކު ނުދާ ކަމަށް ވަނީ ބުނެފަ އެވެ. އެފަދަ ހުނަރެއް އަންހެނުންގެ ހުރުމުން އޭނާ ފަހުރުވެރިވާ ކަމަށާއި އެހެންކަމުން އޭނާ ވިސްނީ އަންހެނުންގެ ރީތި ކުރެހުން މުޅި ކާރުގައި ކުރެހުމަށް ކަމަށް އޭނާ ބުނެފައި ވެއެވެ. 100 އަށް ވުރެ ގިނަ ގަޑިއިރު ކާރުގައި ކުރެހުމަށް އަންހެނުން ހޭދަ ކުރިކަމަށް ހަބަރު ތަކުން ބުނެއެވެ.

ހަބަރު ތަކުން ބުނާގޮތުގައި މިކާރުވަނީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައި ކަމަށާއި މިކަހަލަ އަމިއްލަ ކުރެހުމެއް ކާރުގައި ކުރެހިފައި ހުރުންމާ ފުރިހަމަ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355