twitterviber whatsapp telegramfacebookyoutube instagram
17th September 2026

4426 މިމަހު 16 ގައި ތިލަދެކުނު ސިނަމާގައި

Nov 1, 2016

ފާތިމަތު ނަހުލާގެ ބިރުވެރި ފިލްމް 4426 މި މަހު 16 ގައި ތިލަދެކުނު ސިނަމާގައި އެޅުވުމަށް ހަމަޖެހިއްޖެ އެވެ.

މިހާރު ނަން ނޯޓު ކުރުމުގެ ފުުރުސަތު ހުޅުވާލާފައިވާއިރު ފުރަަތަމަ ޝޯގެ ބޮޑު ބައެއް މިހާރު ވަނީ ފުލްވެފަ ކަމަށް ކޭއޯ އަށް މައުލޫމާތު ދެމުން ކުޅުދުއްފުށީގައި މި ފިލްމު އެޅުވުމުގައި އިސްކޮށް އުޅޭ އޮފިޝަލަކު ބުންޏެވެ.

އެގޮތުން މި ވަގުތު ހަމަޖެހިފައިވަނީ 2 ޝޯ އެޅުވުމަށް ކަމަށާއި ޓިކެޓް ދޫކުރަން ފަށާނީ މިމަހު 5 ވަނަ ދުވަހު ޕްލޭގްރައުންޑް ފިހާރައިން ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

އަދި ނަން ނޯޓު ކުރަން ބޭނުންވާ ފަރާތްތަކުން 9758448، 9941155 އަށް ނަމާއި އެޑްރެސް ގުޅޭނެ ނަންބަރެއް އަދި ޓިކެޓް ބޭނުންވާ ޝޯ ގެ މައުލޫމާތާއި އެކު މެސެޖް ކުރެއްވުމުން ނަން ނޯޓު ކުރެވޭނެ ކަމަށާއި ނުވަތަ ޕްލޭގްރައުންޑް ފިހާރައަށް ގޮސްވެސް ނަން ނޯޓު ކުރެވޭން ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293