twitterviber whatsapp telegramfacebookyoutube instagram
27th October 2025

ބަރަބޯ އޮށަކީ ތި ހީކުރާވަރަށް ވުރެ ފައިދާ ގިނަ އެއްޗެއް

Nov 5, 2016

މިއީ ޔަގީނުންވެސް ގިނަބަޔަކު ކާނެ އެއްޗެކެވެ. ލިބޭފައިދާއަށް ވިސްނާފައެއް ނޫނެވެ. ރަހަ މީރު ވީމަ އެވެ. އެހެންނަމަވެސް މިއީ އެހާފައިދާވެސް ގިނަ އެއްޗެކެވެ.

ބަރަބޯ އޮށުގައި ގިނަ އަދަދަކަށް މެގްނީޝިއަމް އަދި ޕޮޓެންޝިއަމް ގެ އިތުރުން ވިޓަމިން އީ، ވިޓަމިން ބީ އަދި ކޮޕާ އަދި ޕްރިޓިންވެސް ހިމެނެ އެވެ.

އެގޮތުން 168 މިލިގްރާމް މެގްނީޝިއަމް ކޮންމެ ކޮށެއްގައި ހިމެނޭ އިރު މިއީ ހަށިގަނޑުގެ އެކި މަސައްކަތް ތަކަށް މުހިއްމު މާއްދާއެވެ. ލޭމައްޗަދިއުމާއި، ލޭގައި ހަކުރު ހިމެނޭ މިންވަރު އެއްވަރެއްގައި ހިފަހައްޓައި ދިނުމަށްވެސް މިއީ މުހިއްމު މާއްދާއެކެވެ.

ކޮންމެ މީހެއްގެ ހަށިގަނޑަށް ވެސް ދުވާލަކު 4،700 މިލިގްރާމުގެ ޕޮޓެންޝިއަމް ބޭނުންވާނެ އެވެ. ހަށިގަނޑުގައި މިނަރަލްސް އެއްވަރެއްގައި ހިފެހެއްޓުމަށާއި ކިޑްނީގައި ހިލަ އުފެދުންމުން ދުރުކޮށްދިނުމަށް ޕްޓެންޝިއަމް ހާއްސަ ދައުރެއް އަދާކުރެއެވެ. ދޮންކޭލަށްވުރެ ގިނައިން ބަރަބޯ އޮށުގައި ޕްޓެންޝިއަމް ހިމެނެ އެވެ.

މީގެ އިތުރުން ދިރާސާ ތަކުން ދައްކާގޮތުގައި ކެންސަރާއި ދުރުކޮށްދިނުމަށްވެސް ބަރަބޯ އޮށަކީ ރަނގަޅު ފަރުވާއެކެވެ. އެގޮތުން އުރަމަތީގެ ކެންސަރު އަދި ޕްރޮސްޓެޓް ކެންސަރަށް މިއީ ބޭހެކެވެ. ސަބަބަކީ ބަރަބޯ އޮށުގައި ގިނަ އަދަދަކަށް އެންޓިއޮކްސިޓެންޓް ހިމެނެތީ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355