ގިނަ ފަހަރު އަޅުގަނޑުމެންގެ ހަށިގަނޑާއި މެދު ފަރުވާކުޑަ ކޮށްލެވޭއިރު މިއީ ސިއްހީގޮތުން ކޮންކަހަލަ ނަތީޖާތަކެއް ނުކުމެދާނެ ކަމެއްކަމަށް ގިނަ ބަޔަކު ވިސްނެއެއް ނުލައެވެ. މިފަދައިން ފަރުވާ ކުޑަކޮށްލެވޭ ބައެއް ކަންކަމަކީ ތިމާގެ ސިކުނޑިއަށްވެސް އޭގެ ނޭދެވޭ އަސަރުކުރާނެ ކަންކަމެވެ.
ހެނދުނު ގެ ނާސްތާ ނުނެގުން
ހެނދުނު ތެދުވެ ވަޒީފާއަށް ދާއިރު ތީގެ ތެރެއިން ގިނަ ބަޔަކީ ރަނގަޅަށް ނާސްތާ ނުކޮށްދާ ބައެކެވެ. އެހެން ކަމުން ހަކަތަ ދައްވެ ލޭގައި ހަކުރު ހިމެނޭ މިންވަރު ދަށްވެއެވެ. އެހެން ކަމުން ސިކުނޑިއަށް ބޭނުންވާ ވަރަށް ނިއުޓްރިޝަން ފޯރުކޮށް ނުދެވޭ ގޮތް ވެއެވެ.
މާގިނައިން ހަކުރު ބޭނުންކުރުން
މާގިނައިން ހަކުރު ބޭނުން ކުރުމުން ސިކުނޑިއަށް ބޭނުންވާވަރަށް ޕްރޮޓީން އަދި ނިއުޓްރިޝަން ފޯރުކޮށްދިނުމަށް ބުރުއަރައެވެ. މިހެން ވެއްޖެ ނަމަ ސިކުނޑި އިތުރަށް ތަނަވަސްވުމަށް ހުރަސް އެޅެއެވެ.
8 ގަނޑި އިރުގެ ނިދި ހަމަކުރާށެ
ކޮންމެ ދުވަހަކު ސިކުނޑި އެތައްމަސައްކަތެއް ކުރާއިރު އެއަށް ބޭނުންވާވަރަށް އަރާމުވެސް ދޭން ވާނެއެވެ. ހަމައަށް ނިދު ނުލިބުމަކީ ސިކުނޑީގެ ސެލްތައް ހަލާކުވުމަށް މެދުވެރިވާ ސަބަބެކެވެ. ނިދާއިރު ބޯ ނިވާކޮށްގެން ނިދުމަކީވެސް ގެއްލުންވާ ކަމެކެވެ. ސަބަބަކީ ސިކުނޑިއަށް އޮކްސިޖެން ފޯރުކޮށްދިނުމަށް ދަތިވާނެ ތީއެވެ.