twitterviber whatsapp telegramfacebookyoutube instagram
1st November 2025

ކަރޯކޭ ޗެލެންޖް ކުޅުދުއްފުށީ އެޑިޝަންގެ އެއްވަނަ އަލީ ހާސިލް ކޮށްފި

Nov 13, 2016

ވީޓީވީ ކަރޯކޭ ޗެެލެންޖްގެ ކުޅުދުއްފުށީ އެޑިޝަންގެ އެންމެ މޮޅު ލަވަކިޔުންތެރިއަކަށް ހދ. ކުޅުދުއްފުށި، ގޯބިލިގަސްދޮށުގެ އަލީ މުހައްމަދު ހޮވިއްޖެ އެވެ.

ކަރޯކޭއަކީ ލަވަކިޔުމަށް ޝައުގުވެރިވާ ފަރާތްތަކުގެ މެދުގައި ބާއްވަމުން ގެންދާ ވީޓީވީ ކަރޯކޭ ޗެލެންޖަކީ މިދިޔަ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުން ފެށިގެން ކޮންމެ ހުކުރު ދުވަހެއްގެރޭ 10:00 ގައި ވީޓީވީން ދައްކަމުން ގެންދިޔަ ޕްރޮގްރާމެކެވެ.

މި ސިލްސިލާގެ ފައިނަލް ޕްރޮގްރާމު މިމަހު 11 ގައި ދައްކާފައިވާއިރު ކުޅުދުއްފުށި އެޑިޝަންގައި 14 ބައިވެރިޔަކު ޖުމްލަ 51 ލަވަ ހުށަހަޅައިދީފައިވެ އެވެ.

މުބާރާތުގެ އެއްވަނަ މަގާމު އަލީ މުހައްމަދު ކާމިޔާބު ކުރުމުން، ވީމީޑިއާގެ ފަރާތުން އޭނާއަށް ޓްރޮފީއާއި 10،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހަވާލުކޮށްފަ އެވެ. އަދި މުބާރާތުގެ ދެވަނައަށް ހޮވުނު އަހްމަދު އައިމަން އަށް ޓްރޮފީ އާއި 5000 ރުފިޔާގެ ފާއިސާގެ އިނާމާއި ތިންވަނައަށް ހޮވުނު ހދ. ނޮޅިވަރަމު، މާއްދު އަދުނާނަށްވެސް ޓްރޮފީއާއި އެކު 2500 ރުފިޔާގެ ފާއިސާގެ އިނާމު ވަނީ ހަވާލު ކޮށްފަ އެވެ.

މިސިލްސިލާގެ ތިންވަނަ އޮޑިޝަން އައްޑޫސިޓީގައި ވަރަށް އަވަހަށް ރެކޯޑްކުރަން ފަށާނެކަން ވީމީޑިއާއިން ރޭ ވަނީ އިއުލާންކޮށްފަ އެވެ. ކަރޯކޭގެ ފުރަތަމަ އެޑިޝަން ބާއްވާފައިވަނީ ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ދިރިއުޅޭ ދިވެހިންނަށް އަމާޒުކޮށްގެން ކޮލަމްބޯގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355